ސަލާމަތް ވުމަށް ގެއަކަށް ވަނުމުން ފަހަތުން އައިސް ބޯ ފަޅާލުމަށްފަހު ފިލައިފި

ޝާން މުޙައްމަދު | 1 އޭޕްރީލް 2026 | ޚަބަރު

އައްޑޫސިޓީ ހިތަދޫގައި މީހެއްގެ ބޯ ފަޅާލައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހުގެ ވަގުތެއް
ގައެވެ. މި ހާދިސާ ހިނގާފައި ވަނީ ތިން މީހެއްގެ މެދުގައެވެ. މި ހާދިސާގެ ވީޑިއޯއެއް މި ނޫހަށް ލިބިފައިވާއިރު އެ ވީޑިއޯއިން ފެންނަނީ މީހަކު ގެއެއްގެ ތެރަށް ވަންނަ މަންޒަރެވެ. އަދި މާގިނަ އިރު ނުވަނީ އޭނާ ފަހަތުން އިތުރު ދެ މީހަކު އެ ގެއަށް ވަންނަ މަންޒަރު ފެނެއެވެ.

ވީޑިއޯއިން ހާމަވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ތިން ފިރިހެނެއްގެ މެދުގައެވެ. މިކަން ހިނގާފައި ވަނީ ފަތިހުގެ ވަގުތުގައި ކަމަށް ވުމުން އެ ގޭގެ ވެރިފަރާތުން ތިބީ އެ ގަޑީގައި ނިދާފައެވެ. ނަމަވެސް ދެ މީހުން މާރާމާރީ ހިންގުމަށް ފަހު ދިއުމުން އަނިޔާ ލިބުނު މީހާ ރޯ
އަޑަށް އެ ގޭގެ މީހުން ހޭލައި އޭނާއަށް އެހީވިއެވެ.

ޒަހަމްވި މީހާ މިހާރު ފުލުންނާ ހަވާލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.