ޤާސިމް ގޮތް ނިންމަވައިފި، ރައްޔިތުން ނިންމާނީ އެނޫން ގޮތެއް ނޫންބާ!

މިލައުތުރު | 26 މާރިޗު 2026 | ސިޔާސީ

މާލޭ މޭޔަރުކަމުގެ މަޤާމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މޭޖަރ ޖެނެރަލް (ރިޓަޔާޑް) މޫސާ ޢަލީ ޖަލީލަށް ތާއީދުކުރަށްވާކަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޤާސިމް އިބްރާހީމް އިޢުލާން ކުރެއްވުމުން ރައްޔިތުންނަށް ގޮތް ނިންމަން އިތުރަށް ފަސޭހަވާނެ ކަމަށް އާންމުން ބުނަން ފަށައިފި އެވެ.

އެކްސްގައި ޤާސިމް އެކަން އިޢުލާން ކުރެއްވުމާއެކު ގިނަ ބަޔަކު ބުނަމުން ގެންދަނީ ޤާސިމް އިބްރާހީމް ތާޢީދުކުރައްވާނީ ކޮންމެވެސް މަންފާތަކެއް ލިބިވަޑައިތަމުން ކަމަށާއި، އެއީ ރައްޔިތުންނަށް ހެޔޮ އެދިގެން ނޫންކަމަށެވެ. އެހެންކަމުން ރައްޔިތުން އެނޫން ގޮތެއް ނިންމާނެ ކަމަށެވެ.

މޫސާ ޢަލީ ޖަލީލާއި ވާދަކުރަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކަމަށްވެފައި، އެއީ މިހާރުވެސް މާލޭ މޭޔަރުކަމަށް ވުމުން ވަކަރަށް ޖަހަންޖެހޭ ކަމެއް ނެތުމުންނާއި، މިހާރު މިހިނގާ ދައުރުގެ ތެރޭގައި ސިޓީ ކައުންސިލުން ވަނީ ނަތީޖާ ނެރެދެއްވާފައެވެ. އެހެންކަމުން އާދަނުގެ މައްޗަށް އައްޔަށް ކުރި ލިބުމަކީ ވުމަށް ވުރެ ނުވުން ގާތްކަމެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ. ނަތީޖާ ސާފުވާނީ 4 އޭޕްރީލް 2026 ވާ ހޮނިހިރު ދުވަހުގެ ވޯޓަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.