މެޑަމް ސާޖިދާއަށް މަރުހަބާ ކިޔުމަށް ދިޔަ މީހުން މަދުވުމުން ކަންބޮޑުވުން ފާޅުކުރަނީ

ޝާން މުޙައްމަދު | 25 މާރިޗު 2026 | ޚަބަރު

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އައްޑޫސިޓީއަށް ވަޑައިގަތުމުން އެކަމަނާއަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ދިޔަ ފަރާތްތައް މަދުވުމުން ކަންބޮޑުވުންތައް ފާޅުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މެޑަމް ސާޖިދާ އައްޑޫއަށް ވަޑައިގަންނަވާ ވާހަކަ ޕީއެންސީގެ ގުރޫޕުތަކުގައި ދައުރުކުރި ނަމަވެސް ޕާޓީގެ ގިނަ މެމްބަރުން ވަނީ މެޑަމްއަށް މަރުހާބާ ކިޔަން ދެކޮޅު ހަދާފައެވެ. އެގޮތުން ނަން ހާމަނުކުރުމަށް އެދި މި ނޫހަށް މައުލޫމާތު ދެމުމް ބައެއް ފަރާތްތަކުން ބުނަނީ މި ސަރުކާރުން އައްޑޫގެ ތަރައްގީއަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ.

”މި ސަރުކާރުން ރިޔާސީ އިންތިހާބަށް އައްޑޫއަށް ވަރަށް ގިނަ ތަރައްގީގެ ވައުދުތައްވި. މިއަދާ ހަމައަށްވެސް މިއިން އެއްވެސް ކަމެއް ނުކުރޭ. އަނެއްކާވެސް ކައުންސިލް އިންތިހާބަށް އާ ވައުދުތަކެއް ވަނީ“ ޕީއެންސީގެ މެމްބަރަކު މައުލޫމާތު ދިނެވެ.

ސާޖިދާ އައްޑޫއަށް މި ކުރެއްވި ދަތުރުފުޅުގެ ކުރިން އެކަމަނާ ވަނީ ފުވައްމުލަކު ސިޓީއާ ތިނަދޫ ސިޓީއަށްވެސް ވަޑައިގެންފައެވެ. އެ ދަތުރުތަކުގައި އެކަމަނާ ވަނީ ޕީއެންސީގެ ޓިކެޓުގައި އިިންތިހާބުގައި ބައިވެރިވެވަޑައިގަންނަވާ ކެންޑިޑޭންޓުންނަށް ކެމްޕެއިންވެސް ކޮށް ދެއްވާފައެވެ.

ފަހަކަށް އައިސް އައްޑޫގައި ޕީއެންސީގެ ހަރަކާތްތަކަށް ދާ ފަރާތްތައް ވަނީ ވަރަށް ބޮޑަށް މަދުވެފައިކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.