ދޮގު ހެދުމަކީ މިހާރު ފެން މެޓައެއް ފަދަ ކަމަކަށް ވެއްޖެ.

މިލައުތުރު | 13 މާރިޗު 2026 | ރިޕޯޓު

ކައުންސިލްތައް ނިކަމެތިކޮށްލަން ނުކުރާކަށް ކަމެއް ނެތެވެ. އެހެން ނަމަވެސް މިއަދު ރައީސް ވިދާޅުވީ ކައުންސިލްތައް ބާކީކޮށް، ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ސަރުކާރުން ކަންކަން ކުރުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށެވެ. ނިއްކުރިއަށް ރުލެއް ވެސް އަރުވައިނުލައްވައެވެ.

އަދި ރައީސް ބޭނުންފުޅުވަނީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތް ދިނުންކަން ފާހަގަކުރައްވައި ވިދާޅުވީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ދަނޑިވަޅެއް ކަމެވެ. އަދި އެދިވަޑައިގަތީ ދޫންޏަށް ވޯޓުދެއްވާ ޕީއެންސީއަށް ކައުންސިލްތައް އިންތިޚާބު ކޮށްދެއްވުމަށެވެ.

އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވިއިރު، އަތޮޅު ކައުންސިލްތަކަށް ހެއްދެވި ގޮތުގެ މަތިން ހަނދުމަފުޅެއް ނެތް ފަދަ އެވެ. ބްލޮކް ގްރާންޓަށް ހައްދަވާފައިއޮތް ގޮތުގެ މަތިން ވެސް ހަނދުމަފުޅު ނެތް ފަދައެވެ. އަދި ރަށް ރަށުގެ އިހުތިސާސް ތެރޭގައި ހުރި ބިމާއި އެހެނިހެން ވަޞީލަތްތަކާ ގުޅޭ ކަންކަން މާލެއަށް ޖަމާކުރެއްވިކަމުގެ މަތިން ވެސް ހަނދުމަފުޅު ނެތް ފަދައެވެ.

އަދި އިތުރަށް އިތުރުފުޅު ހެއްދެވުމުގެ ގޮތުން ވިދާޅުވީ ކައުންސިލްތަކުގެ ނިޒާމަކީ އެމަނިކުފާނު ފުރިހަމައަށް ގަބޫލުފުޅުކުރައްވާ، ކުރިއަރުވަން ވަރަށް ބޮޑަށް ބޭނުންފުޅު ނިޒާމެއް ކަމަށެވެ. އެހެންކަމުން ބައެއް މީހުން ދެކޭގޮތުގައި ރައީސަށް ދޮގެއް ހަދާލުމަކީ މިހާރު ފެންމެޓަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.