ށ. ފޯކައިދޫ ޕީއެންސީ އޮތީ ރޫޅި ހަފުސްވެފައި، މޮޅުވުމަކީ ނާދިރުކަމެއް – އެމްޑީޕީ

މިލައުތުރު | 8 މާރިޗު 2026 | ސިޔާސީ
5

އާދަޔާ ޚިލާފަށް ސިޔާސީ ފޯރި ގަދަ ރަށެއްގެ ގޮތުގައި މުޅި ރާއްޖެއަށް ވެސް މަޝްހޫރު ށ. ފޯކައިދޫ ޕީއެންސީ ވަރަށް ބޮޑަށް ރޫޅި، އެތެރޭގެ ނުފޫޒުތައް ފަޅައިގެން ގޮސް، ޕާޓީގެ އެންމެ ޚިދުމަތްތެރި ބޮޑެތި އާއިލާތައް އިދިކޮޅު އެމްޑީޕީއާ ގުޅިއްޖެއެވެ.

މި ބަދަލުތަކާއެކު ފޯކައިދޫގެ މެޖޯރިޓީ ޕީއެންސީއަށް ލިބުމަކީ ދެން ވަރަށް ނާދިރުކަމެކެވެ. އަދި ޕީއެންސީއަށް އެންމެ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްދެއްވި ފަރާތްތައް ވަނީ މާޔޫސްވެފައެވެ. އެމީހުން ބުނާގޮތުގައި ސަރުކާރެއް އޮވެ، ފޯކައިދޫގައި ޕީއެންސީ މިހާ ބަލިކަށިވީ ކަމުން ދޭހަވަނީ މިވަގުތު ޕާޓީ ހިންގަން ތިބި ބައެއްގެ ނާޤާބިލްކަމެވެ. ޕާޓީގެ ފިކުރަށް ވުރެ އަމިއްލަ މަސްލަޙަތު އިސްކުރުމުގެ ނަތީޖާ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކެމްޕެއިން ކެށިގެން ކުރިއަށްދާ އިރު، އިދިކޮޅުގެ ކެމްޕެއިން ފެންނަނީ ދުވަހަކަށް ވުރެ ދުވަހެއް ވަރުގަދަވަމުންނެވެ. މިހާތަނަށް އެމްޑީޕީގެ ލީޑަރޝިޕްގެ ގިނަ ބަޔަކު ފޯކައިދޫގައި ހުންނަ “ނޫބަހާރު” ޖަގަހައިގާ ބޮޑެތި ޖަލްސާތައް ވަނީ ބާއްވާފައެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހަށް ޚާއްސަ ޖަލްސާއަކާއި، އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕަށް ޚާއްސަ ޖަލްސާއަކާއި، އެމްޑީޕީގެ ރައީސް އަބްދު ﷲ ޝާހިދަށް ޚާއްސަ ޖަލްސާއެއް ބާއްވާފައި ވެއެވެ. ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މިފަދަ އެއްވެސް ހަރަކާތެއް އަދި ހިންގާފައެއް ނުވެއެވެ. އަދި ފެންނަނީ އިސްކޮށް އުޅޭ ފަރާތްތައް ވެސް ބޮނދާ ފިލާ ތިބޭ މަންޒަރެވެ.

ޕީއެންސީގެ އެންމެ ވަރުގަދަ އެކްޓިވިސްޓުން މިހާރު ތިބީ އިދިކޮޅު އެމްޑީޕީއާ ސީދާގޮތެއްގައި ނުވަތަ ނުސީދާގޮތެއްގައި ގުޅިފައި ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ސިޔާސީ މަސައްކަތް ކުރާނެ ބަޔަކު ނެތިގެން އެފަދަ ކަމެއްގައި ދުވަހަކު އުޅެފައިނެތް މީހުން ނެރެގެން ޖަހަން ޖެހެނީ މަރުފަލި ކަމަށް ޕީއެންސީގެ ސަޕޯޓަރަކު މި ނޫހަށް މަޢުލޫމާތު ދިނެވެ.

ށ. ފޯކައިދޫ އެމްޑީޕީން ބުނާގޮތުގައި 10 – 0 ން ފޯކައިދޫ ޕީއެންސީ މިފަހަރު ވެސް ބަލިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ނ ނަޝާތު
ފޯކައިދޫ ޕީއެންސީގެ ހަލާކަކީ ނާދިރު. އަދި ޕީއެންސީގެ ވެރިންނަށް ވިސްނޭނެ.
މ މަންޑޭ
ނާދިރަކީ ޒާތީ ވާ މީހެއް. އިއްބެގެ ޒަމާން ދުއްވާލަން އުޅުނުކަމާ ހަމަވާނެ މިފަހަރު.
ސ ސަލް ސަލް
ކޮއްކޮމެންނަށް ވަޒީފާތައް ބަހާލައިގެން ނާދިރަށް މޮޅުތަކެއް ލިބޭތޯ ބަލާނަމޭ!
އ އަސުރުމާ
ނާދިރުކަމެއް ނުވާނެ. ފޯކައިދޫ އެމްޑީޕީ ވަރަށް ގަދަ، ސަތޭކަ
ނ ނިޒާރު
ފޯކައިދޫ ޕީއެންސީގެ ހަލާކަކީ އަލީ ނާދިރުގެ ޒާތީ ހަސަދަ އާއި ދުނިޔެ އެދުންވެރިކަން