މި އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުން އިންތިޚާބު ވެއްޖެނަމަ ށ. ފޯކައިދޫގެ ކަނޑޫފަލުގައި ފިސާރި ޗާލު ނޭޗަރ ޕާކެއް އަޅައިދޭނެ ކަމަށް އިޢުލާނު ކޮށްފިއެވެ.
ށ. ފޯކައިދޫ ޕީއެންސީ ކެންޑިޑޭޓުން ބުނަނީ ޓެކްނޮލޮޖީއާއި އިސްނެގުމުގެ ރޫހުގައި ނަމޫނާ ދައްކާނެ ބަޔަކަށް ޒުވާނުން ހަދާނެކަމަށެވެ. އަދި ޒުވާނުންގެ ހުނަރުތައް ތަރައްގީކޮށް، އެކުވެރިކަމުގެ ބަދަހި ގުޅުމެއް ގާއިމްކުރުމަށްޓަކައި، އެންމެ ފަހުގެ ވަސީލަތްތަކާއި ހައި ސްޕީޑް ފައިބަރ އިންޓަނެޓާއެކު “އީ-ސްޕޯޓްސް ސެންޓަރެއް” ޤާއިމުކުރާނެ ކަމަށެވެ. ހަމަ އެހެންމެ އަގުބޮޑު އިނާމުތަކާއި އެވޯޑްތަކާއެކު އީ-ސްޕޯޓްގެ މުބާރާތްތައް ކޮންމެ އަހަރަކު ވެސް ބާއްވާނެ ކަމަށެވެ. މިއީ، ހަމައެކަނި ކުޅިވަރެއް ނޫނެވެ. މިއީ ޒުވާނުންގެ މެދުގައި ޓީމްވޯކް ވަރުގަދަކޮށް، އިސްނެގުމުގެ ގާބިލުކަން އިތުރުކޮށް، މުޖުތަމައުއަށް ޚިދުމަތްކުރުމުގެ މަތިވެރި ސިފަ އަށަގެންނެވުމަށް އެޅޭ ބިންގަލެއް ކަމަށެވެ.
ށ. ފޯކައިދޫއަކީ އެމްޑީޕީގެ ވަރަށް ވަރުގަދަ ރަށެކެވެ. އެމްޑީޕީން ޤައުމީ ފެންވަރުގެ ކެމްޕެއިންތައް އިފްތިތާޙު ކުރުމާއި، ލީޑަރޝިޕްގެ އެންމެ ބޭފުޅުން ތަކުރާރުކޮށް ޒިޔާރަތްކޮށް ރަށުގައި ހިންގާ ސިޔާސީ ހަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެއެވެ. އެހެންކަމުން ސަރުކާރު ނެތަސް، ފޯކައިދޫ އެމްޑީޕީ ބަލިކޮށްލުމަކީ ޕީއެންސީއަށް އަދި ފަސޭހަކަމެއް ނޫނެވެ. އެހެންކަމުން ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ށ. ފޯކައިދޫއަށް ބޮޑެތި ޚަރަދުތަކެއް ކުރުމަކީ ވެސް ބޭކާރު ކަމަކަށް ވެސް ވެދާނެއެވެ. އޭގެ ބަދަލުގައި އުންމީދު ބޮޑު އެހެން ރަށް ރަށަށް އިސްކަން ދިނުމަކީ ފައިދާ ބޮޑު ގޮތްކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު