ހަނގުރާމައަށް 1 މަސް ދުވަސް: ރާއްޖެއަށް 85 މިލިއަން ޑޮލަރުގެ ގެއްލުން-ސަރުކާރު

ޝާން މުޙައްމަދު | 22 މާރިޗު 2026 | ޚަބަރު

މެރުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް 85 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފިއެވެ.

ޔަހޫދީ އިސްރާއީލާއި އެ ޖަމާއަތަށް ވާގިވެރިވާ އެމެރިކާ ގުޅިގެން އީރާނާ ދެކޮަޅަށް ހަނގުރާމަ ފެށިތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. މި ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް މިކަމުގެ އަސަރު ކުރަން ފަށާފައިވާއިރު ސަރުކާރުން ބުނީ ދިވެހި ދައުލަތަށް 85 މިލިއަން ޑޮލަރުގެ ގެއްލުން ވާނެކަމަށެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ނޭދެވޭ އަސަރުކުރި ނަމަވެސް ހަރަދުކުޑަކުރެވޭނެ ގޮތްތައް އެބަހުރި ކަމަށެވެ. މިނިސްޓަރ މިގޮތަށް ވިދާޅުވީ މި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށާއި، ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

“ހަނގުރާމަ މިދަނީ މަހަކާ ގާތްކުރަން. އޭރު އަޅުގަނޑުމެން އަންދާޒާ ކުރިން މަހެއްހާ ދުވަހަށް ހަނގުރާމަ ދިގުލައިގެން ގޮސްފިއްޔާ 85 މިލިއަނާއި 90 މިލިއަން ރުފިޔާ ގެއްލޭނެ. އެއީ ގަވަމަންޓް ރެވެނިއު އިން،” ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ޒަމީރު ވިދާޅުވީ ހަރަދުކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މަޝްރޫއުތަކުގެ ތާވަލުތަކަށް ބަދަލުތަކެއް ގެންނަން ޖެހިދާނެ ކަމަށެވެ. ނަަމަވެސް ބޯހިޔާވަހިކަން އަދި ސިއްހީ ދާއިރާގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހާއްސަ އިސްކަމެއްދޭނެ ކަމަށް މިނިސްޓަރ ވިދާަޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.