އިލެކްޝަންސް ކޮމިޝަނާ ޖެހިގެން އިން ގުދަނެއްގައި ރޯވެއްޖެ

ޝާން މުޙައްމަދު | 18 މާރިޗު 2026 | ޚަބަރު

އިލެކްޝަންސް ކޮމިޝަނާ ޖެހިގެން އިން ގުދަނެއްގައި ރޯވެއްޖެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މި ހާދިސާ ހިނގާފައި ވަނީ މާފަންނު، ފުލޫނިޔާމަގުގައި ހުންނަ ގުދަނެއްގައި ކަމަށެވެ. އަދި މި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުންނާއި ފަޔާ އެންޑް ރެސްކިއު ސާވިސަސް އިން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވެސް ވަނީ މި ހާދިސާއާ ގުޅިގެން އެ އޮތޯރިޓީން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަން ނުވަތަ ނޫންކަން ވެސް އަދި ސާފެއް ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.