އަތޮޅު ކައުންސިލްތަކާ ޑަބުލިޔޫޑީސީތައް ތަރައްޤީކުރީ މިސަރުކާރުން – ރައީސް

މިލައުތުރު | 8 މާރިޗު 2026 | ސިޔާސީ
2

އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް “ދަ ގްރޭޓާ އައްޑޫ” ގެ ނަމުގައި ކެމްޕެއިން ފެށުމަށް ރޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްތަކާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރި ކުރުވައި ތަރައްޤީ ކުރެއްވީ މިސަރުކާރުން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މިއީ ޙަޤީޤީ މާނައިގާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ސަރުކާރެއްކަން ކަށަވަރުވާ ވަރުގެ ނަތީޖާތައް ނެރެދީފައިވާނެ ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ކުރިއެރުވުމަށް މިހާތަނަށް މަަސައްކަތެއް ކޮށްފައިވަނީ މިސަރުކާރުން ކަމަށެވެ. ޤާނޫނީ ބަދަލުތައް ގެނެސް ރޯދަ އިނާޔަތް ލިބޭ ގޮތަށް ބަދަލު ގެނެސްދިނީ ވެސް މިސަރުކާރުކަމަށެވެ.

ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވިއިރު، އަންހެނުންގެ ތަރައްޤީއަށް ކުރިކަމެއް ޙަޤީޤަތުގައި ނެތެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލަން ވަނީ ނިންމަވާފައެވެ. މިހާރު ވެސް ދޮގުހަދާކުމުގެ ތުހުމަތުތައް އިންތިހާވެފައި އޮއްވާ މި މޭރުމުން ވާހަކަފުޅު ދެއްކެވުމުން މީހުންގެ ނުރުހުމާއި ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ޓ ޓީވީއެމް ލޯބިވެރިޔާ
އަތޮޅު ކައުންސިލްތައް ތަރައްޤީ ކުރިލެއް މޮޅުކަމުންތޯ އުވާލަނީ.
އ އަބްދޯ
ތިޔަ ހައިވާނުގެ ދުލަކުން ތެދެއް ނަހަދާނެ. ރޯދަމަަަށް ބެސް ބަލައިލުމެއް ނެތް. ތިޔައީ ދިވެހީންގެ ނަތަންޔާހޫ.