އައްޑޫސިޓީ ހިތަދޫގައި މިރޭ ހުޅުވުމަށް ނިންމާފައިވާ ކުޑަކުދިންގެ ޕާކު ހުޅުވުމަށް ކައުންސިލުން ހަވާ އަރުވަން ނިންމާފައި ވަނިކޮށް ސަރުކާރުން އައި އޯޑަރަކަށް އެކަން ހުއްޓުވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލުން ވަނީ މިރޭގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ފާހަގަ ކުރުމަށް ނިންމާފައެވެ. ބަޑިބޭހުގެ ކުޅިވަރުގެ އިތުރުން ކުޑަކުދިންނާ ގުޅޭ މަޖާ ހަރަކާ
ތްތަކެއް ވެސް ކުރިޔަށް ގެންދަން ކައުންސިލުން ނިންމާފައިވެއެވެ. މި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހުރިހާ ކަމެއް ތައްޔާރުކޮށް ނިންމާފައި ވަނިކޮށް ސަރުކާރުން ވަނީ ބަޑިބޭހުގެ ހަރަކާތް ކުރިޔަށް ނުގެންދެވޭނެ ކަމަށް އަންގާފައި ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
ކައުންސިލުން ބުނީ ހަވާ އެރުވުން ހުއްޓުވިކަން އެންގީ މިއަދު ހަވީރު ކަމަށެވެ. އަދި ސަރުކާރުން މިކަން ކުރީ ކޮން ސަބަބަކާ ހުރެ ކަމެއް އަންގާފައި ނުވާ ކަމަށެވެ. ކައުންސިލުން ބުނީ މިރޭ ހަވާ އެރުވުމަށް އެ ކައުންސިލުން ފައިސާވެސް ދައްކާފައިވާ ކަމަށެވެ.
އާބާދީ ބޮޑު ހި
ތަދޫގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ރަނގަޅު ކުޑަކުދިންގެ ޕާކެއް ނުހުންނައިރު މިއީ އައްޑޫސިޓީގެ އ.ތ.މ.ކ އިން އިސްނަގައިގެން ތަރައްގީކޮށްފައިވާ ޕާކެއްކަން ފާހަގަ ކުރެވެއެވެ. މި ޕާކަކީ ކުޑަކުދިންނާ ގުޅޭގޮތަށް ހަދާފައިވާ ޖާގަ ބޮޑު ތަނެއްކަން ފާހަގަ ކުރެވެއެވެ.
ސަރުކާރުގެ އެންގުމަށް މިރޭ ހަވާ އެރުވުން ހުއްޓުވާފައިވާއިރު މިއީ މިރޭގެ މި ރަސްމިއްޔާތަށް އަންނަން ނިންމާފައިވާ ގިނަ ކުޑަކުދިންނަކަށް ހިތްދަތިކަން ލިބިގެންދާނޭ ކަމެއްކަން ފާހަގަ ކުރެވެއެވެ.
ކިޔުންތެރިންގެ ހިޔާލު