މޭޔަރާއި ދިމާކޮށް ”ކޫސަނި“ ލިސްޓު ލިޔުއްވުމުން މިނިސްޓަރ އިހުސާން ހޫނުފެނަށް!

ޝާން މުޙައްމަދު | 20 މާރިޗު 2026 | ޚަބަރު

އައްޑޫސިޓީގެ މޭޔަރު އަހްމަދު ނިޒާރަށް ޓެގުކޮށް ފޭސްބުކްގައި ކޫސަނި ލިސްޓެއް ލިޔުއްވުމުން ރާއްޖޭގެ ދާހިލީ ވަޒީރު އަލީ އިހުސާނަށް އައްޑޫގެ ރައްޔިތުން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން އައްޑޫއަށް ތަރައްގީ ގެންނާނެ ކަމަށް އެތައް ވައުދެއް ވެފައިވާއިރު މިހާތަނަށް އެއިން އެއްވެސް ވައުދެއް ފުއްދާފައި ނުވާކަމަށް ރައްޔިތުން ބުނެއެވެ. ރައްޔި
ތުންގެ ކަންބޮޑުވުންތައް ހާމަކުރެއްވުމަށް މޭޔަރު ނިޒާރު ފޭސްބުކްގައި ކުރި ޕޯސްޓެއްގެ ސްކްރީންޝޮޓް ލުމަށް ފަހު ވަޒީރު ނިޒާރު ވަނީ މި ސަރުކާރުން މިހާތަނަށް އައްޑޫއަށް ކޮށްދެއްވި ކަންކަން ކަމަށް ބުނެ ޕޯސްޓެއް ހިއްސާ ކުރައްވާފައެވެ.

މި ކޫސަނި ހަރަކާތް ފެށުނު ގޮތަކީ މި ސަރުކާރުން ފާއިދުވެދިޔަ ދެ އަހަރު އައްޑޫސިޓީއަށް އެއްވެސް ކަމެއް ނުކޮށްދޭ ކަމަށް ވިދާޅުވުމުންނެވެ. އެގޮތުން މޭޔަރުގެ ޕޯސްޓުގައި ވަނީ މީސް މީޑިއާގައި އުޅޭ ”ސިޔާސަ” ކުދިން އުޅޭހެން ނޫޅުއްވަ
އި ވަޒީރު އިހުސާން ހަރުދަނާ ވާހަކައެއް ދައްކަވަން އުޅުއްވުމަށް އެދިވަޑައިގެންފައެވެ.

މޭޔަރުގެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ އައްޑޫ އަކީ ގޭންގު މަރުކަޒެއްކަމަށް ނިންމައި އައްޑޫ ރައްޔިތުންގެ އަގު ވައްޓާލުން ފިޔަފައި އިތުރުކަމެއް މިނިސްޓަރ އިހުސާންގެ ސަރުކާރުން ވީތަނަށް ނުކޮށްދޭ ކަމަށެވެ. އަދި އައްޑޫ ރޫޅާލަން އެންމެ ’އިސްމީހާ‘ ގެ ގޮތުގައި މަސައްކަތް ކުރުން އެއީ އައްޑޫ އަށް ހޯދާދެވުނު މޮޅެއްތޯވެސް މޭޔަރު ސުވާލުކެއްވިއެވެ.

“މިދިޔަ ދެ އަހަރު އަޅުގަނޑު އަމިއްލަޔަށް އައްޑޫ އަށް ފުލުހުން އިތުރު ކުރުމަށް މަނިކުފާނަށް ކިތައް އާދޭސް ކުރިންތޯ. އެންމެ ފުލުހަކު އިތުރު ވިތޯ؟ އަދިވެސް ތަކުރާރު ކޮށްލަން މުއިޒް ސަރުކާރުން އައްޑޫ ރައްޔިތުންނަށް ހަދަނީ ދޮގު. އަދި ހަމަ ގާބުރިއެއްވެސް ހިއްލާ ނުލާ. ދެން ”ކޮރު” ދޫންޔަށް ވޯޓް ދޭންވީ؟.”، ނިޒާރު ވިދާޅުވިއެވެ.

މޭޔަރު ނިޒާރުގެ ޕޯސްޓަށް ރައްދު ދެއްވަމުން ވަޒީރު އިހުސާން ވިދާޅުވި ގިނަ ކަންކަމަކީ އެމްޑީޕީގެ ވެރިކަ
މުގައި އައްޑޫގައި ފަށާފައިވާ މަަޝްރޫއުތައް އަވަސް ކުރުމަށް މަސައްކަތް ކުރައްވާ ވާހަކައެވެ. އެވާހަކަތައް ވަޒީރު ވިދާޅުވުމުން އައްޑޫގެ ގިނަ ބަޔަކު އަދި އެ ޕޯސްޓަށް ރިއޭކްޓު ކޮށް ކޮމެންޓު ކުރެއްވި ގިނަ ފަރާތްތަކަކުން ވަނީ ޖޯކު ޖަހާފައެވެ. އަދި މި ސަރުކާރުން އައްޑޫމަތިން ހަނދާން ނުހުންނަ ކަމަށާއި އިންތިހާބު ގާތްވުމުން އަނެއްކާވެސް އައްޑޫއަށް އިތުރު ވައުދުތައްވެ އައްޑޫ ރައްޔިތުން އޮޅުވާލަން މަސައްކަތް ކުރައްވަމުންދާ ކަމަށް ރައްޔިތުން ވަނީ ބުނެފައެވެ.

ވަޒީރުގެ އަމަލުތައް ހުންނަވާ ގޮތުން ރައްޔިތުން ލަދު ގަންނަ ކަމަށް އެ ފަރާތްތަކުން ކޮމެންޓު ކުރައްވައެވެ. އަދި ސަރުކާރުން އައްޑޫގައި އެއްވެސް މަޝްރޫއެއް ނުފަށާއިރު ކުރީ ސަރުކާރުން ފެށި ގިނަ މަޝްރޫއުތައްވެސް ހުއްޓުވާފައިވާކަން ފާހަގަ ކުރެވެއެވެ. އަދި ރައީސް މުއިއްޒު އައްޑޫއަށް އެންމެ ފަހުން ކުރެއްވި ދަރުފުޅުގައި އައްޑޫގައި އަނެއްކާވެސް އާ މަޝްރޫއުތަކެއް ހިންގަވަން ޖަލްސާ ބާއްވާ، ބިންގާ އަޅުއްވާ ބޭކާރު ފައިސާތަކެއް އިސްރާފު ކުރެއްވި ކަން އެއީ ގިނަ
ބަޔަކު ދައްކާ ވާހަކަތަކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.