އެމެރިކާގެ ރައީސް ޓްރަމްޕްގެ ރާގު މުޅިން ބަދަލުވެ އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމަ ހުއްޓާލަން މަޝްވަރާތައް ކުރިއަށްދާކަމަށް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ވިދާާޅުވި ގޮތުގައި ނިއުކްލިއަ ހަތިޔާރު އުފެއްދުން އީރާނުން ހުއްޓާލާނެ ކަމަށާއި، އޭރުން އިޒްރޭލަށް ވެސް ރައްކާތެރިކަން ކަށަވަރު ވާނެ ކަމަށެވެ. އެހެން ނަމަވެސް އީރާނުން ބުނެފައިވަނީ ޓްރަމްޕް ހަދަނީ ދޮގުކަމަށާއި، އެފަދަ އެއްވެސް މަޝްވަރާއެއް ކުރެވިފައިވެސް ނުވާކަމަށާއި، ހަނގުރާމައިގާ އީރާނުން ހާސިލުކުރަން ބޭނުންވާ މަޤުސަދު ހާސިލުނުވަނީސް ޙަމަލާ ބަދަލުކުރުން ހުއްޓައިނުލާނެ ކަމަށެވެ.
މަޝްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ރައީސް ޓްރަމްޕް މިހާރު މަސައްކަތްކުރަނީ ދުނިޔޭގެ ކުރިމަތީ ފަޟީޙަތްނުވާނެ ގޮތަކަށް ހަނގުރާމަ ހުއްޓާލާނެ ގޮތެއް ހޯދުމަށެވެ. އެހެނީ އެމެރިކާއިން އިސްވެ ފެށި ހަނގުރާމައަކުން ބަލިވުމަކީ އެމީހުންނަށް ލިބޭނެ ވަރަށް ބޮޑު ލަދުވެތިކަމެކެވެ. އަދި ދުނިޔޭގެ ސުޕަރ ޕަވަރުގެ ލަޤަބު ގެއްލި އެމެރިކާއާ ޗެލެންޖު ކުރާނެ އިތުރު ޤައުމުތައް އުފެދިދާނެ ކަމުގެ ބިރުގަންނާތީ އެވެ.
ކިޔުންތެރިންގެ ހިޔާލު