ހެލްތުގެ އިރުޝާދާ ހިލާފަށް ގަދަ އަވީގައި މެޑަމް އައްޑޫގައި ކެމްޕޭން ކުރެއްވުމުގައި

ޝާން މުޙައްމަދު | 25 މާރިޗު 2026 | ޚަބަރު

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) ގެ އިރުޝާދާ ހިލާފަށް ގަދަ އަވީގައި މެޑަމް ސާޖިދާ އައްޑޫގައި ކެމްޕޭން ކުރެއްވުމުގައި އުޅުއްވާތީ އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

މިދުވަސްކޮޅު ރާއްޖޭގެ ފިނިހޫނުމިން އާދަޔާ ހިލާފަށް މައްޗަށް ދިއުމުގެ ސަބަބުން އެޗްޕީއޭއިން އިން ވަނީ އައްވަށް ނިކުމެ އުޅުމުގައި ކުރިޔަށް ވުރެ ބޮޑަށް ސަމާލުވުމަށް އިރުޝާދު ދީފައެވެ. އެ އިދާރާއިން ބުނީ މިދުވަސްކޮޅު ރާއްޖޭގެ ފިނިހޫނުމިން 34 ޑިގްރީއާއި 36 ޑިގްރީއަށް އަރާ ކަމަށެވެ.

ހޫނުން ރައްކާތެރިވުމަށް އައްވަށް ނުކުމެ އުޅުން މަދުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ގިނައިން ފެންބުއިމަށްވެސް އެ އިދާރާއިން ވަނީ އިރުޝާދު ދީފައެވެ.

ޕީއެންސީ އިން އައްޑޫގައި ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތް ފަށާފައިވާއިރު މި ހަރަކާތުގައި އެ ޕާޓީން ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫގެ އެކި ދާއިރާތަކަަށް ވާދަކުރައްވާ ފަރާތްތަކުންވެސް ބައިވެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.