
ށ. މިލަންދޫ ޞިއްޙީމަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ޞިއްޙަތާ ބެހޭ ވަޒީރު އޮނަރަބަލް އަބްދުﷲ ނާޒިމް އިބްރާހީމް އެވެ.
މިލަންދޫ އަކީ ށ. އަތޮޅުގައި އޮތް އެންމެ އާބާދީ ބޮޑު ދެރަށުން ކުރެ އެއް ރަށެވެ. އަދި ކުޅިވަރަށް ފޯރި ގަދަ ޒުވާނުން ގިނަ ރަށަކަށް ވުމުން މި ޚިދުމަތް ފެށުމާއެކު ގިނަ ބަޔަކަށް ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
މި ޚިދުމަތް ފެށުމުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ މުވައްޒަފުންނާއި ޢާންމުން ބައިވެރިވެފައި ވެއެވެ. އަދި މިލަންދޫ ޞިއްޙީމަރުކަޒުގައި ޤާއިމު ކޮށްދެއްވުމަށްޓަކައި ކޮންދެވި މިންނެތް މަސައްކަތްތައްޕުޅަށްޓަކައި، ސަރުކާރަށާއި، ޞިއްޙީ ވުޒާރާ އާއި ދާއިރާގެ ޢިއްޒަތްތެރި މެންބަރަށް ޝުކުރު އަދާކޮށްފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު