ދެކުނުގެ ރަށެއްގައި ސްކޫލް ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއް ފެންމަތިވެއްޖެ.

މިލައުތުރު | 15 އޭޕްރީލް 2026 | ޚަބަރު

ދެކުނުގެ ރަށެއްގައި ގްރޭޑް 11 ގައި ކިޔަވާ 17 އަހަރުގެ އަންހެން ދަރިވަރަކު ބަނޑުބޮޑުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

 ޚަބަރުތައް ލިބޭ ގޮތުގައި އެ ކުއްޖާގެ ބަނޑަށް މިހާރު 8 މަސް ފުރެން ވަނީ ކައިރިވެފައެވެ. އެހެން ނަމަވެސް ނިމިދިޔަ  ހަފުތާގައި ވެސް ސްކޫލަށް ހާޒިރުވި ކަމަށް ވެސް ވެއެވެ.

މި މައްސަލަ މިހާރު ވަނީ ޖެންޑާ މިނިސްޓްރީ އާއި ފުލުހުންނަށް ވެސް ރިޕޯޓްކޮށްފައެވެ. އަދި ސްކޫލްގެ ފަރާތުން އެޑިޔުކޭޝަން މިނިސްޓްރީއަށް ވެސް ވަނީ ހުށަހަޅާފައެވެ.

ޖިންސީ ކުށުގެ ގާނޫނުގެ ދަށުން 18 އަހަރުނުވާ ކުއްޖަކާއެކު ޖިންސީ އަމަލެއް ކުއްޖާގެ ރުހުމާއެކު ހިންގުމަކީ ވެސް އަދަބު ކަނޑައެޅިފައިވާ ޖިނާއީ ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.