ށ. ފޯކައިދޫގެ މަގުހެދުމުގެ ސާވޭއަށް ދިޔަ އާރުޑީސީގެ ވަފުދަށް ބުންވާވަރުގެ ކޮއްތު ބިލެއް!

މިލައުތުރު | 18 އޭޕްރީލް 2026 | ޚަބަރު

ށ. ފޯކައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ރައީސް ވެވަޑައިގެންފައިވާ ފައުދުފުޅުގެ ދަށުން ސާވޭ ހެދުމަށްޓަކައި އެ ރަށަށް ދިޔަ އާރުޑީސީގެ ހަތަރު މީހެއްގެ ދެ ދުވަހުގެ ކެއުމަށް 5،000 ރުފިޔާގެ ބިލެއް ހުށަހެޅުމުން ވެރިންގެ މެދުގައި މައްސަލަ ބޮޑުވެ ބައްދާ ހިސާބަށް ގޮސްފިއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އެމީހުންގެ ކޮއްތު ކަންތަކާއި ޙަވާލުވެގެން ހުންނެވީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކައުންސިލްގެ މެންބަރުކަމަށް ވާދަކޮށް ނާކާމިޔާބުވި އަންހެން މެންބަރެއް ކަމަށް ވެއެވެ. ބައެއް މީހުން ދެކޭގޮތުގައި ބޮޑު އިންތިޚާބެއް ނިމޭއިރު ވަރަށް ބައިވަރު ޚަރަދުތައް ދާނެއެވެ. އެހެންކަމުން ސަރުކާރުގެ ކުންފުނިތަކުން ހިންގާ މިފަދަ ކަންކަމުގެ ތެރެއިން އެބައި ހަމަޖައްސާލެވެން ވާނެއެވެ.

މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފޯކައިދޫ އާރުޑީސީގެ ވައިބަރ ގުރޫޕުގައި މައްސަލަ ހޫނުވެ ބައެއް މީހުން ވަނީ އެ ގްރޫޕު ވެސް ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.