އެކަމަށް އިޝާރާތް ކުރައްވާ ޝާހިދު ވިދާޅުވީ ނިމިދިޔަ އިންތިހާބުގައި ކާމިޔާބު ލިބުނީ އަމިއްލަ މެންބަރުން ކުރި ބުރަ މަސައްކަތުން ކަމަށާއި، މެންބަރުންްގެ އެދުމަކީ ޕާޓީ ބައިބައިނުވެ ކުރިއަށް ދިއުން ކަމުގައި އެމްޑީޕީގެ ރައީސް ވިދާޅުވެއްޖެ އެވެ.
ދެ ރައީސުން [ރައީސް ސޯލިހާއި ރައީސް ނަޝީދު] ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުން އެއީ ޕާޓީގެ މެންބަރުންނަށާއި ޕާޓީއަށް ތާއީދުކޮށް ވޯޓް ދިން މީހުން މި ޕާޓީއަށް އިތުބާރުކުރާނެ ހަމައެކަނި ގޮތަކީ، ޝާހިދު ވިދާޅުވި އެވެ.
އަަބްދު ﷲ ޝާހިދު ވިދާޅުވީ އެއްފަހަރު “ބޮނޑި ބޮވިއްޖެ” ކަމަށާއި، ދެން އެކަން ތަކުރާރު ވިޔަދީގެން ނުވާނެ ކަމަށެވެ. ޝާހިދު އެ އިޝާރާތް ކުރައްވަނީ ކުރީން އުފެދުނު ކޯޅުންތަކުގައި އެމްޑީޕީ ބައިބައިވެ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދި އުފެއްދުން ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު