މިލައުތުރު

ޢާންމު މެންބަރުންގެ ފުރިހަމަ ތާޢީދާ އެކު ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓް އިލްޔާސް ލަބީބަށް

މިއަދު ބޭއްވުނު ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި 3000 އަށް ވުރެން ގިނަ ޢާންމު މެންބަރުންގެ ފުރިހަމަ ތާޢީދާ އެކު އެޕާޓީގެ ރިޔާސީ ކެނޑިޑޭޓްކަމަށް އިލްޔާސް ލަބީބު އިންތިޚާބު ވެއްޖެއެވެ. މިއީ ދިވެހިރާއްޖޭގައި މުޅިން އަލަށް ރަޖިސްޓަރީވެފައިވާ ސިޔާސީ ޕާޓީއެކެވެ. އަދި ރިޔާސީ ޕްރައިމަރީއަށް އިތުރު ކެނޑިޑޭޓަކު ކުރިމަތިލައްވާފައި ނުވާތީ، މިއަދު ބޭއްވިފައި ވަނީ ފެންނަ ނުފެންނަ ވޯޓެކެވެ. އެއީ ކުރިމަތިލެއްވި ކެނޑިޑޭޓަށް ޢާންމު މެންބަރުންގެ އިތުބާރު އޮތްތޯ ނެތްތޯ ބެލުމަށް ނެގޭ ވޯޓެކެވެ. މިއީ ޑިމޮކްރެޓިކް ޕާޓީތަކުގައި ކަންކުރާ އުޞޫލެކެވެ. މި އިންތިޚާބުގައި 85 އިންސައްތައަށް ވުރެން މަތީ އަޣުލަބިއްޔަތެއް ވަނީ އިލްޔާސް ލަބީބަށް ލިބިވަޑައިގެންފައެވެ.

މިއީ ދިވެހިރާއްޖޭގައި އެންމެ ކުރުމުއްދަތެއްގެ ތެރޭގައި 3000 މެންބަރުން ހަމަކޮށް ރަޖިސްޓަރީ ވެގެންދިޔަ ސިޔާސީ ޕާޓީއެވެ. އަދި އެންމެ އަވަހަށް އެންމެ ގިނަ ޔައްޔިތުންގެ މަޖިލިސްގެ ޢިއްޒަތްތެރި މެންބަރުން ގުޅިވަޑައިގެންނެވި ސިޔާސީ ޕާޓީއެވެ. އަދި މިހާރުގެ ރައްޔިތުންގެ މަޖިލިސްގެ ރައީސް އާއި ނައިބު ރައީސް ވެސް ނިސްބަތްވާ ޕާޓީއެވެ.

One Reply to “ޢާންމު މެންބަރުންގެ ފުރިހަމަ ތާޢީދާ އެކު ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓް އިލްޔާސް ލަބީބަށް”

  1. Anonymous

    Good

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.