މިލައުތުރު

ށ. އަތޮޅު ކައުންސިލަށް ޑިންގީއެއް ބަނދެދޭނެ ފަރާތެއް ހޯދަނީ

އަތޮޅު ކައުންސިލްގެ އިދާރާއިިން ދޭ މަޢުލޫމާތާއި އެއްގޮތަށް ޑިންޑީއެއް ބަނދެ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯއްްދެވުމަށް 14 މެއި 2023 ގައި ކުރެއްވި އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅުއްވާފައި ވަނީ އެންމެ ފަރާތަކުން ކަމަށް ވާތީ އާއި، ހުށަހަޅުއްވާފައިވާ އަގު ވެސް ކަނޑައެޅިފައިވާ ބަޖެޓަށް ވުރެން ބޮޑުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލައްވާފައެވެ. މިބީލަމާއި ގުޅޭ މަޢުލޫމާތު އަތޮޅު ކައުންސިލްގެ ވެބްސައިޓުގައި ޑައުންލޯޑް ކުރެވެން ހުނާނެކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.

ބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެފަދަ ސުވާލެއް އޮތް ނަމަ 21 އޮގަސްޓް 2023 ގެ ކުރިން ކައުންސިލްގެ އިދާރާއަށް ސިޓީ ނުވަތަ އީމެއިލް ކުރެއްވުމަށް އެ އިިދާރާއިން އެދެއެވެ. އަދި އެފަދަ ސުވާލުތަކަށް 22 އޮގަސްޓް 2023 ގެ ކުރިން ޖަވާބުތައް އީމެއިލްކުރައްވާނެ ކަމަށް ކައުންސިލްގެ އިޢުލާންގައި ވެއެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 24 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށެވެ. އަދި ބީލަން ހުޅުވުން އޮންނާނީ ހަމަ އެދުވަހުކަމަށް މަޢުލޫމާތު ދެއެވެ.

© 2023 milauthuru. All rights reserved.