ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަތީ ތަޢުލީމުގެ ޚިދުމަތްދޭ ޕްރައިވެޓް ކޮލެޖެއް ކަމަށްވާ މައިކޮލެޖުގެ ނަން މިއާންޒް ކޮލެޖްގެ ނަމަށް ރީބްރޭންޑް ކޮށްފިއެވެ.
މައިކޮލެޖު ރީބްރޭންޑް ކޮށް އެކަން ރަސްމީކޮށް އިއުލާން ކުރީ އެ ކޮލެޖުގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު 4:30 ގައި ހުޅުމާލޭ ވޯޓާސް އެޖުގައި ބޭއްވި ޚާއްސަ ޙަފުލާގައެވެ.
ވެތުވެދިޔަ 19 އަހަރުގެ ތެރޭގައި 12000 ދަރިވަރުން ދަސްވެނިވެފައިވާ އެ ކޮލެޖުން މުޅިން އައު ކޯސްތަކާއި، ސްކީމްތަކާއި، އެހެނިހެން ބެނިފިޓް ޕެކޭޖުތައް އިއުލާނުކޮށް މުސްތަޤުބަލުގެ އަމާޒުތަކާއި ތަސައްވަރު ހާމަކޮށްފައި ވެއެވެ.
ކޮލެޖުން ދޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި ގެންގުޅޭ ރޭވުންތަކާއި، ފެންވަރު ވަޒަންކުރާ އުޞޫލުތަކާއި، މަންހަޖުތައް ބަދަލުކޮށް ތަފާތު ޞިނާޢަތްތަކަށް ބޭނުންވާ ޢިލްމާއި ޙިލްމާއި، ހުނަރާ އަޚުލާޤިއްޔާތު އަށަގެންނެވުމަށް ގެންގުޅޭ ސިޔާސަތުތަކާއި، އޮނިގަނޑުތައް ހާމަކުރެއްވި އެވެ.
މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނާ އަކީ އެ ކޮލެޖުގެ ކުރީގެ ރެކްޓަރ ޑރ. އާމާލް ޢަލީ އެވެ.