ރޯދައަށް ބަހަން ލިބޭނެކަމަށް ބުނި ކަދުރު ނުލިބި ރޯދަމަސް ނިމެނީ…

މިލައުތުރު | 14 މާރިޗު 2026 | ޚަބަރު

މިއަދަކީ މިހާރު ރަމަޟާން މަހުގެ 25 ވަނަ ދުވަސް ކަމުގައިވީ ނަމަވެސް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ސަޢޫދީ 50 ޓަނު ކަދުރު އަދިވެސް ނުލިބެއެވެ.

ސަޢުދީ ޢަރަބިއްޔާއިން ދިވެހީންނަށް ހަދިޔާކުރާ 50 ޓަނުގެ ކަދުރު ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ހުސްވި ފެބުރުއަރީމަހުގެ 23 ވަނަ ދުވަހު ޑރ. ޝަހީމް ވަނީ ވިދާޅުވެފައި ވެއެވެ. ދިވެހިރާއްޖޭގެ އިސްލާމީަންތައްތަކާ ބެހޭ ވުޒާރާއަށް 15 ޓަނުގެ ކަދުރު ވެސް ވަނީ ހަދިޔާކޮށްފައެވެ. މިކަދުރުތަކަށް ހެދިގޮތެއް އެނގޭ އިންސާނަކު ނެތެވެ. އެކަމުގެ ވާހަކައެއް އަހާލާނެ މީހަކުވެސް ނެތްފަދައެވެ.

ބައެއް މީހުން ބުނާގޮތުގައި އިސްލާމީ ވަޒީރު ވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން ދޮގު ހަދަން ދަސްކުރީއެވެ. އެހެން ނޫނީ މިފަދަ ކަމެއްގައި ވާނުވާ އަންގަވާނުލައްވާ ނުހުންނަވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.