މީހަކު ނުވުމުން އަނެއްކާވެސް ޕެންޝަން ބޯޑުގެ އޮފީހަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޝާން މުޙައްމަދު | 10 މާރިޗު 2026 | ޚަބަރު

މީހަކު ނުވުމުން އަނެއްކާވެސް ޕެންޝަން ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އިން ބުނީ އެ އިދާރާގެ ޕްރައިވެޓް ސެކްޓާ ތަމްސީ
ލުކުރާ މެމްބަރުންގެ ތެރެއިން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާވެސް އިއުލާންކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން މި މަގާމަށް މީހަކު ހޯދުމަށް އިއުލާނު ކުރިއެވެ. ނަމަވެސް، އެކަށީގެންވާ އަދަދަކަށް
އެޕްލިކޭޝަން ލިބިފައި ނުވާތީ އެ އޮފީހުން ވަނީ ތިންވަނަ ފަހަރަށް މި މަގާމަށް ފުރުސަތު ހުޅުވައިފައެވެ. އެންމެ ފުރަތަމަ މި މަގާމަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އިއުލާނު ކުރި ނަމަވެސް، ބޭނުންވާ އަދަދަށް މީހުން ކުރިމަތިލާފައެއް ނުވެއެވެ.

ރާއްޖޭގެ ޕެންޝަން އޮފީހުގެ ބޯޑަކީ ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ހަތަރު މެންބަރުން ހިމެނޭހެން އެކުލެވިގެންވާ ބޯޑެކެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ވިޔަފާރި، އިގުތިސާދީ ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ، އަދި ޕެންޝަން ނުވަތަ އިންވެސްޓްމަންޓް ދާއިރާގެ ތަޖުރިބާ ހުރި ފަރާތްތަކަށް ވާންޖެހެއެވެ. މީގެ އިތުރުން
، މިއީ އަމިއްލަ ދާއިރާ ތަމްސީލުކުރާ ގޮނޑިއަކަށް ވާތީ، ސަރުކާރުގެ ނުވަތަ ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާ ފަރާތްތަކަށް މި މަގާމަށް ކުރިމަތިނުލެވޭނެއެވެ. އަދި ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނިތަކުގެ މުވައްޒަފުންނަށްވެސް މި ފުރުސަތު ބަންދުވާނެއެވެ.

މެންބަރުން ހޮވުމުގެ އިޖުރާއަތްތައް ކުރިއަށްދާނީ ގާނޫނުގައި ބަޔާންކުރާ ހާއްސަ ސިލެކްޝަން ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ. އެ ކޮމިޓީން ހޮވާލާ ތިން ނަމެއް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އަށް ފޮނުވައި، ޝަރުތު ހަމަވާކަން ކަށަވަރު ކުރުމަށްފަހު، ބޯޑަށް މެންބަރުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެޕްލިކޭޝަން ޕެންޝަން އޮފީހުގެ މެއިލް [email protected] އަށް ނުވަތަ އޮފީހަށް ފޮނުވާ ދިނުމަށް ވަނީ އެދިފައެެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.