ފޯކައިދޫގައި ނެތް ފަންނުތަކުން ސައިންޓިސްޓުން އުފެއްދުމަކީ އަމާޒެއް – ޕީއެންސީ ކެންޑިޑޭޓުން

މިލައުތުރު | 19 ފެބްރުއަރީ 2026 | ސިޔާސީ

ށ. ފޯކައިދޫގައި ނެތް ފަންނީ ދާއިރާތަކުން ރަށުގެ ދަރިން ތަމްރީނުކުރުމަކީ ޕީއެންސީ ފޯކައިދޫގެ އަމާޒެއް ކަމަށް ރައީސް ކަމަށް ވާދަކުރައްވާ ޢަލީ ޤުރައިޝް ވަޢުދުވެއްޖެ އެވެ.

އޭނާގެ ތަސައްވަރުތައް ބަޔާންކޮށްދެއްވާ ފޭސްބުކްގައި ބުނެފައިވަނީ ކެރިއަރ ކައުންސިލިންގ މެދުވެރިކޮށް، ދަރިވަރުންގެ މުސްތަޤުބަލް ބައްޓަންކުރުމުގައި ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ރިޒޯޓުތަކާއި، އޮފީސްތަކުގެ ވަޒީފާތަކަށް ވަދެވޭނެ މަގު ކައުންސިލުން ތަނަވަސްކޮށްދޭނެ ކަމަށެވެ. އަދި އެމީހުން ވާހުށީ ސްކޫލް ނިންމާ ދަރިވަރުންނާއި ވަޒީފާދޭ ފަރާތްތަކާ ގުޅުވައިދޭ ވަރުގަދަ ފާލަމަކަށް ކަމަށެވެ.

ޤުރައިޝްގެ ލީޑަރޝިޕެއްގެ ދަށުން ފޯކައިދޫގައި އުފެދޭ ލޯކަލް ސަރުކާރުގެ އިޤްތިޞާދީ އަދި މާލީ ތަޞައްވުރަކީ ފޯކައިދޫގެ ފައިސާ ފޯކައިދޫގައި ހިފެހެއްޓުމެވެ. މިކަމަށް މިސާލު ދައްކަވައި ބުނެފައިވަނީ ކައުންސިލަށާއި ރަށުގެ މުއައްސަސާތަކަށް ބޭނުންވާ ސްޓޭޝަނަރީ އާއި، ސާފުކުރުމަށް ބޭނުންވާ ސާމާނު ރަށުން ބޭރުން ގެނައުން މަދުކޮށް، އެ ފުރުސަތު ރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ފަހިކޮށްދެވޭނެ ކަމަށެވެ. އަދި ޕުރޮޖެކްޓްތަކަަށް ބޭނުންވާ ތަކެތީގެތެރެއިން ރަށުން ލިބެންނެތް ތަކެތި ހޯދުމުގައި ވިޔަފާރިވެރިންގެ ބައިވެރިވުން އިތުރު ކުރާނެކަމަށެވެ. މިފަދަ ބަދަލަކާއެކު، ރަށުގެ އިޤްތިޞާދުން ބޭރުވެގެންދާ އެތައް ހާސް ރުފިޔާއެއް ރަށުގެ ފިހާރަތަކަށް ވަދެގެންދާނެ ކަމަށެވެ.

ޤުރައިޝް ސިފަކުރައްވާ ގޮތުގައި މިއީ މުޅި ފޯކައިދޫގެ އިޤްތިޞާދު އާރާސްތުކޮށް، ރަށު ފައިސާ ރަށުގައި ދައުރުވާނެ އަދި ތިޔާގި ދުވަސްތަކެއް ގެނެސްދޭނެ ސިޔާސަތެއް ކަމަށެވެ. އަދި ރަށުގެ ވިޔަފާރިވެރިން ރަށުގެ މުސްތަޤުބަލަށްޓަކައި އިންވެސްޓު ކުރުމުގެ ޝައުގުވެރިކަން އާލާވެ އިތުރު ވެގެންދާނެ ފުރިހަމަ ނިޒާމެއްކަން ކަށަވަރު ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.