ޖުމްހޫރީ ޕާޓީގެ ލީޑަރަށް ނުވީކަން އަދިވެސް ޤަބޫލުކުރަން ބޭނުން ނޫނީތޯ!

މިލައުތުރު | 14 ފެބްރުއަރީ 2026 | ސިޔާސީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ސިޔާސީ ކުރިމަގު އޮއްސިއްޖެކަން އަދިވެސް ޤަބޫލުކުރަން ބޭނުން ނުވަނީތޯ މީހުން ސުވާލު އުފައްދަން ފަށައިފިއެވެ.

އދ. މާމިނގިލީ ކައުންސިލްއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ފަރާތްތަކާއެކު ރޭގައި އެރަށުގައި ބޭއްވި ކެމްޕެއިން ފެށުމުގެ ޖަލްސާގައި ވިދާޅުވީ ގައުމުގެ މަސްލަހަތަށްޓަކައި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓު ދޭންވީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓުންނަށް ކަމަށާއި އިދިކޮޅަށް ވޯޓު ދިނުމަކީ ބޭނުމެއް އޮތް ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. މާނައަކީ ޚުދު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަކީ ވެސް ބޭކާރުކަމެއް ތާއެވެ.

މާމިނގިލީ މީހުން ދެކޭގޮތުގައި ޖޭޕީ ނޫންގޮތެއް ހޯދަން ޖެހޭ ކަމަށާއި، ލީޑަރަށް އޮތް ތާއީދުވެސް 50،000 ން 5،000 އަށް ދަށް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.