ޑޮލަރެއް 20 އަށް، ސިނގިރޭޓެއް 20 އަށް، އާފަލެއް ވެސް 20 އަށް؟

މިލައުތުރު | 17 ޖުލައި 2025 | ވިޔަފާރި

ރައީސް ޑރ. މުޢިއްޒު ތަކުރާރުކޮށް ވިދާޅުވިގޮތާ މުޅިން އިދިކޮޅަށް ތަކެތީގެ އަގުތައް އުފުލި، އެތަކެތި ލިބުމުގައި ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވާން ފަށައިފިއެވެ.

ޑޮލަރުގެ އަގު ދެން މައްޗަށް ނާރާނެ ކަމަށާއި، ހިފެހެއްޓިފައި ހުރިކަމަށް ވިދާޅުވި ނަމަވެސް 20 ރުފިޔާ ފަހަނައަޅާ ގޮސްފިއެވެ. ސިނގިރޭޓަކީ ޞިއްޙަތަށް ގެއްލުންވާ އެއްޗަކަށް ވާތީ އަގު ބޮޑު ކުރެއްވީ ކަމަށާއި، ފައިދާ ހުރި ކާނާ އާއި ކާބޯތަކެތީގެ އަގުތައް ތިރިވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް މޭވާ އާއި ތަރުކާރީގެ އަގުތައް ވެސް ބޮޑުތަނުން އުފުލިއްޖެއެވެ.

Advertisement
Advertisement

އިޤްތިޞާދު މަސައްކަތްކުރާ ގޮތް ވަޒަންކުރުމެއް ނެތި ސަޅިބައިސާ ކަނޑަން އުޅެން ހަދައިގެން ކީހާޅެން ފަރިއްސަށް ވެއްޖެއެވެ. މިހާރު ކަންހިނގާ ގޮތަށް ބާލާއިރު، އުނބަށް ޖެހުން ނޫންގޮތެއް ފެންނާކަށް ނެތެވެ. އާފަލެއްގެ އަގު އުޅެނީ 10 ރުފިޔާ ނުވަތަ 12 ރުފިޔާ އަށެވެ.

ނިމިދިޔަ ސަރުކާރުގެ ދުވަސްވަރުގައި އޮރެންޖެއްގެ އަގު 5 ރުފިޔާއަށް އުފުލިގެން ދިޔަ ހިނދު، އިހުތިޖާޖުކޮށް އުޅުނު މީހުން މިއަދު  12 ރުފިޔާ ދީފައި އާފަލެއް ގަންނަން ޖެހުމުން ހަދާނީ ކިހިނެއްބާ؟

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.