އެމެރިކާގެ އިންޒާރުތަކަށް ކުޑަކަކޫ ނުޖަހާ އެތެރޭގެ ހަމަނުޖެހުންތައް އީރާނުން ރަމަތަކޮށްފި.

މިލައުތުރު | 19 ޖެނުއަރީ 2026 | ރިޕޯޓު

އިންޒާރުތަކަށް ބިރުން އެމެރިކާގެ ކުރިމަތީ ކުޑަކަކޫ ނުޖަހާ އެތެރޭގައި އުފެއްދި ހަމަނުޖެހުންތައް އާދަޔާ ޚިލާފު ގޮތެއްގައި ރަމަތަކޮށް، ވަގަށް އެތެރެވި ޓެރަރިސްޓުންތައް ހިފާ ހައްޔަރުކޮށް ވެރިރަށް ތެހެރާންގައި އަމާންކަން ޤާއިމުކޮށްފި އެވެ.

އެމެރިކާގެ މަދަދުވެރިކަމާއެކު އިޒްރޭލުން ކުރި 12 ދުވަހުގެ ހަނގުރާމައިގާ ވެސް އީރާނުން ވަނީ އަދުއްވުންގެ މައްޗަށް ފުރިހަމަ ނަސްރު ހޯދާފައެވެ. އަނެއްކާ މިފަހަރު އެތެރޭގައި އުފެއްދި ހަމަނުޖެހުންތަކާއި، ހިންގި ޓެރަރިސްޓް ޙަމަލާތައް ވެސް މިވަނީ ނާކާމިޔާބު ކޮށްލާފައެވެ. އީރާނަކީ އެހާ ފަސޭހައިން ރޫޅާލެވޭނެ ޤައުމެއް ނޫންކަން އެމީހުން ވަނީ މުޅި ދުނިޔެއަށް ސާބިތުކޮށްދީފައެވެ.

އެމެރިކާ އެންމެ ޖެހިލުންވާ ޤައުމަކީ ވެސް އީރާނުކަން އެމީހުންގެ ކުރީގެ ރައީސުންގެ ވާހަކަތަކާއި، މިހާރު ރައީސްގެ ވާހަކަތަކުން ކަށަވަރު ވެއެެވެ. މެދުއިރުމަތީގައި އޮތް އެމީހުންގެ ބާރުތަކަށް އޮތް ހަމައެކަނި ނުރައްކަލަކީ އީރާނު ކަމަށް އެމެރިކާގެ ކުރީގެ ރައީސް ބާރަކް އޮބާމާ ވެސް ވަނީ ވިދާޅުވެފައެވެ.

އީރާންގެ މިސައިލް އާއި ޑްރޯން ޓެކްނޮލޮޖީ އަކީ މިހާރު ދުނިޔޭގެ ނިސްބަތުން އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީއެވެ. އެގޮތުން ޔޫކްރޭން ހަނގުރާމައިގާ ރަޝިޔާއިން ވެސް ބޭނުންކުރަނީ އީރާންގެ ޑްރޯން ޓެކްނޮލޮޖީ ކަމަށް ވެއެވެ. އެހެންކަމުން މެދުއިރުމަތީގައި އެމެރިކާއިން ޤާއިމުކޮށްފައިވާ ކޮންމެ ކަސްކަރީ މަރުކަޒަކަށް ޙަމަލާދިނުމުގެ ޤާބިލްކަން އެމީހުން ވަނީ ހޯދާފައެވެ. އަދި އީރާންގެ އަމިއްލަ ސެޓެލައިޓް ޓެސްޓްކޮށް ދުނިޔޭގެ ތަރަހައިގެ ތެރޭގައި ދަނީ ދަތުރުކުރަމުންނެވެ.

އަދި ޒަމާނީ ވައިގެ ދިފާއީ ނިޒާމުތައް ގެންދަނީ ޓެސްޓްކޮށް ފައްކާކުރަމުންނެވެ. މި ހުރިހާ ކަމަކާ ހުރެ ދުނިޔޭގެ އެންމެ ބާރު ގަދަ ޤައުމު ކަމުގައިވާ އެމެރިކާއަށް ވެސް އީރާނަށް އަރައިގަންނަން ވަނީ ޖެހިލުންވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.