ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދެ އިންތިޚާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީއަށް ބަދަލުގެނައުމަށް ހުށަހެޅި ބިލު މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި މި ބިލު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ އެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެންމެ 5 މިނެޓުގެ ތެރޭގައެވެ. އެ ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ ވޯޓުގައި ބައިވެރިިވެވަޑައިގަތް 73 މެންބަރުންގެ ތެރެއިން 72 މެންބަރުން ވޯޓުދެއްވައިގެންނެވެ. މި ބިލު ފާސްކުރުމަށް މަޖިލިސްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވޯޓު ދެއްވި އެވެ.
އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ އައްޑޫމީދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަބްދުއްރަހުމާނެވެ. އެއީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ މުސްތަޤިއްލު މެންބަރެކެވެ. އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ވޯޓުގައި ބައިވެރިވުމަށް އިންކާރުކޮށް ބޮއިކޮޓް ކޮށްފައެވެ.
މިހާރުގެ ރައީސް އަކީ ނިކަން މާތް ބޭފުޅެއްގެ ގޮތުގައި ބަޔަކު ދެއްކި ފަރާތެކެވެ. ވެރިކަމުގައި ދެމިހުންނެވުމަށް މަޖިލިސް މެޖޯރިޓީ ބޭނުންކޮށްގެން ޤާނޫނުއަސާސީ ބަދަލުކުރުމަކީ ވެސް ހެޔޮ ކަމަކަށް އެމީހުންނަށް ނުވާނެބެއެވެ.
ކިޔުންތެރިންގެ ހިޔާލު