ރަށު ތަރައްޤީ ކުރިއަށް ކަނޑަން ފަށާނެ ދުވަހެއްގެ އިންތިޒާރުގައި ރައްޔިތުން.

މިލައުތުރު | 19 ޖެނުއަރީ 2026 | ރިޕޯޓު

ރަށް ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް މަގުފަހިވާނެ ކަމަށް މަޖިލިސް ގޮނޑިތައް ދިނުމުން ވެސް ތަރައްޤީގައި ވިންދެން ވެސް ޖަހައިނުލާތީ ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ކުރިއަށް އޮތް ލޯކަން ކައުންސިލްތަކުގެ އިންތިޚާބަށް ކެމްޕެއިން ފެށިފައިވާ އިރު، އުފައްދާ އެންމެ ބޮޑު ސުވާލަކީ އިދިކޮޅު ކެންޑިޑޭޓުން ހޮވައިގެން ސަރުކާރަށް ބޭނުންވާ އެއްބާރުލުން ނުލިބޭނެ ވާހަކައެވެ. މިއީ ބަހުސްކުރަން އޮތް ސުވާލެއް ކަމަކަށް ނުބެލެވެއެވެ. އެއީ މިހާތަނަށް އެއްވެސް ކައުންސިލެއްގެ އެއްބާރުލުން ނުލިބިގެން ހުއްޓިފައި އޮތް ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ނެތެވެ. ކޮންމެ ކައުންސިލަކުން ވެސް މަސައްކަތް ކުރަނީ ރަށުގެ ކުރިމަގަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއްގައި ވެސް އެހީތެރި ވެދެވޭތޯއެވެ.

ހޮވަންވީ ކޮންމެ ޕާޓީއަކުން ވިޔަސް ހީވާގި ކެރޭ މުރާލި ހިންގުންތެރި މީހުންނެވެ. އެއީ ސަރުކާރަށް ވެސް މޮޅުވާނެ ގޮތެވެ. އަދި އެގޮތް ސަރުކާރަށް ވެސް މޮޅު އިތުރު ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.