ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުވާފައިވަނީ ގަސްދުގައި ކަމަށް ދޭހަވާގޮތަށް އެމްޕީ ފަލާޙް ވާހަކަފުޅު ދައްކަވައިފި.

މިލައުތުރު | 21 ޖެނުއަރީ 2026 | ސިޔާސީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީއެންސީ ކެންޑިޑޭޓުންނަށް ވޯޓުދޭންވީ ހުއްޓުވާފައިވާ މަޝްރޫޢުތައް އަލުން ކުރިއަށް ގެންދިއުމަށް ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕީޖީ ލީޑަރު ފަލާޙް ވިދާޅުވެއްޖެއެވެ.

އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ސިޓީ ކައުންސިލަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންނާއެކު ވިލިމާލޭގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ ޕީއެންސީ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ އެންމެ ބޮޑު ސަބަބަކީ ހުއްޓުވާފައިވާ ތަރައްޤީގެ މަޝްރޫޢުތައް އަލުން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ފަލާޙް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެހާހަށްވުރެ ގިނަ މަޝްރޫޢު އިޢުލާންކޮށް، އޭގެ އަމަލީ މަސައްކަތް ފެށި ނަމަވެސް، އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ކައުންސިލްތަކާ ހެދި ހުއްޓާލަން ޖެހިފައިވާ ކަމަށެވެ.

ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިހާރުވެސް ރަށްރަށުގެ އެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރާއި އިދިކޮޅު ކައުންސިލްތައް ރަށްރަށުގައި އެދަނީ ދަތިކުރަމުން. ކޮންމެސް ތަނަކުން ބިމެއް ދޫކުރަންޖެހޭ ތާކުން ބިމެއް ދޫނުކޮށްގެން، ނޫނިއްޔާމު ކަޑަ ޖަހަން ޖެހޭ ތާކަށް ނުބައިކޮށް ކަޑަޖެހިކަމަށް ހަދައިގެން.

ބައެއް ރަށްރަށުގައި ހުރި ރުއް ގަސް ކެނޑުމުގެ ހުއްދަ ނުދީގެން ނުވަތަ ކުދިކުދި ބަހަނާތައް ދައްކާވަރުން ބައެއް މަޝްރޫޢުތައް ހުއްޓާލަން ޖެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެފަދަ އެއްވެސް މަޝްރޫޢެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.