ޣައްޒާ ބޯޑަށް ނަތަންޔާހޫގެ ނަން ހުށަހެޅުމާއެކު ޣައްޒާއަށް ވައިގެ ޙަމަލާތައް ދޭން ފަށައިފި.

މިލައުތުރު | 22 ޖެނުއަރީ 2026 | ރިޕޯޓު

އިޒްރޭލްގެ އަނިޔާވެރިކަމަށް ނިމުމެއް ނެތް، ރެކިފުތު ޓްރަމްޕުގެ މަދަދުގައި އަނެއްކާ ވެސް ޣައްޒާއަށް ބޮންއަޅަން ފަށައިފި ކަމަށް ބައިނަލްއަޤުވާމީ ނޫސްތަކުގައި ރިޕޯޓްކޮށްފި އެވެ.

އިޒްރޭލުން އިއްޔެ އާއި އޭގެ ކުރީ ދުވަހު ޣައްޒާއަށް ވައިގެ މަގުން ޙަމަލާތަކެއް ދީ ތިން ނޫސްވެރިން ހިމެނޭހެން އެތައް ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. މި ޙަމަލާތައް ދީފައިވަނީ އެމެރިކާގެ ރެކިފުތު ޓްރަމްޕު އެކުލަވާލާ ޣައްޒާ ބޯޑް އޮފް ޕީސްއަށް އިޒްރޭލްގެ ޝައިތާނީ ބޮޑުވަޒީރު ހަމަޖެއްސި ދުވަހު އެވެ.

މިއީ މުޅި މުސްލިމް އުންމަތައް އެމެރިކާގެ ރެކިފުތު ޓްރަމްޕު ގޮންޖެހި ގޮންޖެހުމެއް ކަމުގައި ނޫނީ ނުވާނެ އެވެ. މުސްލިމުންނަށް އެންމެ އަނިޔާވެރި އަދި އަދާވާތްތެރި މީހާ ޣައްޒާގައި ޞުލްޙަ ޤާއިމުކުރަން ބޭނުންވާނެތޯ އެވެ. ހަމަ ޔަޤީނުން ވެސް އޭނާ ބޭނުންވާނީ ޣައްޒާގެ މުސްލިމުންކޮޅު ބޭރުކޮށްލައި، ނުވަތަ ޝަހީދުކޮށްލައިގެން ބިންކޮޅު ފޭރިގަތުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.