ކުޑަ ކުއްޖަކާ ބެހުނު ދިވެހި ފިރިހެނެއްގެ މައްޗަށް ކުށް ސާބިތުވެ އޭނާ 16 އަަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވާފައި ވަނީ 11 އަހަރުގެ އަންހެން ކުއްޖަކާ ބެހިގެން ދައުވާ އުފުލި މ. މުނިޔާގެ، މާލެ، މުޙައްމަދު އަ
ނިލް، 47، ގެ މައްޗަށެވެ.
އެ މައްސަލައިގައި އޭނަގެ މައްޗަށް ދައުވާކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންގެ ޚިދުމަތަށް މައްސަލަ ހުށަހެޅުމާއެކު، ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގުކޮށްފަ އެވެ. އެގޮތުން މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތައް ޖެހެނީ 15 އަހަރާއި 7 މަހާއި 11 ދުވަހުގެ ޖަލު ހުކުމެކެވެ.
ކިޔުންތެރިންގެ ހިޔާލު