
އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރައީސް މުޙައްމަދު ނަޝީދު (އަންނި) އަނެއްކާ ވެސް ޕާޓީގެ ޗެއާޕާސަން ކަމުގެ މަޤާމަށް ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފި އެވެ.
ރައީސް ނަޝީދަކީ އެމްޑީޕީގައި މަޝްހޫރު ހިތްތަކުގެ ރައީސްގެ ނަމުން މަޤުބޫލުކަން ހޯއްދަވާފައިވާ ބޭފުޅެކެވެ. އަދި ރާއްޖޭގެ ރައީސްކަމާއި، މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ބައިނަލްއަޤުވާމީ ދުނިޔެ ފަރިތަ އަދި މަޤުބޫލް ޝަހުސިއްޔަތެކެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކާއެކު ޕާޓީ ދޫކުރައްވައި ނިކުމެވަޑައިގެން ޗެލެންޖު ކުރެއްވި އެވެ. އެއީ ސިޔާސީ ގޮތުން އަބަދުވެސް ހައެތި ކުރިއަށް ކުޅުއްވާ ބޭފުޅެކެވެ. އެގޮތުން ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވައި، އެމްޑީޕީއަށް އަލާފިލާ ވަރުގެ މުޤާބަލާއެއް ކުރެއްވި އެވެ. އަދި އެ ހަޅުތާލުގަނޑުގައި އެމްޑީޕީއަށް ވެރިކަން ގެއްލި މިހާރު ރައީސަށް ފުރުޞަތު ފަހިވެެގެން ދިޔައެވެ.
އަންނިގެ އެނބުރި އައުން ބައެއް މީހުންނަށް ވެގެންދިޔައީ އަސްލު އެމްޑީޕީގެ ރޫޙް ފައްކާވުން ކަމަށެވެ. އެހެން ނަމަވެސް އަނެއް ބަޔަކަށްވީ މޭގަނޑަށް ފެންއެޅުމަކަށެވެ. ރައީސްކަމަށް ވާދަކުރައްވަފާނެތީ އެބަޔަކު އަދިވެސް ތިބީ ލޮލަށް ނިދި ނައިސްފައެވެ. އަންނި އަކީ އަންނިކަން އެންމެންނަށް ވެސް އެނގެއެވެ.
ކިޔުންތެރިންގެ ހިޔާލު