އައްޑޫސިޓީ މީދޫގައި ’މީދޫ ސްކޫބާ ކްލަބް‘ ގެ ނަމުގައި އާ ޑައިވް ސެންޓަރެއް ހުޅުވައިފި އެވެ. މިތަނަކީ މީދޫ ކައިރީގައި އޮންނަ ސައުތު ޕާމް ރިސޯޓްގައި ވެސް ޑައިވް ސެންޓަރެއް ހިންގަމުން އަންނަ ސަދަން މޯލްޑިވްސް ޑައިވާސްގެ ފަރާތުން ހުޅުވި ތަނެކެވެ.
ސަދަން މޯލްޑިވްސް ޑައިވާސް އިން ބުނީ’މީދޫ ސްކޫބާ ކްލަބް“ އިން ޑައިވިން އާއި ސްނޯކްލިން އަށް ގެންދިއުމުގެ އިތުރުން އެކްސްކާޝަންގެ ތަފާތު ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
ސަދަން މޯލްޑިވްސް ޑައިވާސް އަކީ ސްކޫބާ ސްކޫލްސް އިންޓަނޭޝަނަލް (އެސްއެސްއައި) ސެޓްފިކެޓް ވެސް ހާސިލުކޮށްފައިވާ ޑައިވް ސެންޓަރެކެވެ.
’މީދޫ ސްކޫބާ ކްލަބް‘ އިން މިހާރު ވަނީ ބުކިން އަށް ވެސް ހުޅުވާލައިފަ އެވެ. މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅޭނެ ނަމްބަރަކީ 7933088 އެވެ.