މިލައުތުރު

ފިއްލަދޫ އިން ރައީސް އިބޫއަށް މަރްޙަބާކީ ޝަރީފު ނޫންގޮތެއްގައި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހއ. ފިއްލަދޫއަށް ވަޑައިގަތުމުން މަރްޙަބާކިޔަން ނިކުތް އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ތިބީ ޝަރީފް ނޫންގޮތެއް ޖަހާފައިވާ ޓީޝާޓް ލައިގެންނެވެ. ޝަރީފް އަކީ ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މިހާރުގެ މެންބަރެެވެ. ދާއިރާގެ ރައްޔިތުންގެ ނުރުހުމާއި، އިހުތިޖާޖުކުރުންތައް ދަނީ ދުވަހަކަށް ވުރެން ދުވަހެއް އިތުރުވަމުންނެވެ. މީގެ ކުރިން ވެސް ޝަރީފް އާއި ދެކޮޅަށް އަޑުއުފުލާ ރަށަށް އެރުން މަނާކުރުން ފަދަ ޙާދިޘާތައް މަދުން ނަމަވެސް ހިނގާފައި ވެއެވެ.

ރައްޔިތުންގެ ނުރުހުމާއި ފާޑުކިޔުންތައް އިތުރުވެފައި ވަނީ އެމްޕީ ޝަރީފް ފެންނަނީ ކޮންމެ ފަހަރަކު ވެސް އިންތިޚާބެއް ބޯމަތިވުމުންކަމުގައި ވާތީ އާއި ދާއިރާގެ ތަރައްޤީއަށް އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރައްވާތީކަމަށް އެމީހުން ބުނެއެވެ. އެހެން ނަމަވެސް އެމީހުންގެ އެއްވެސް މައްސަލައެއް ރައީސް އިބޫ އާއި ދޭތެރޭގައި ނެތްކަމަށް ވެއެވެ. އެހެންކަމުން ވަރަށް ޞުލްޙަވެރިކަމާ އެކު ރައީސް އާއި އެކު ފޮޓޯނަގާ ހަދާފައިި ވެއެވެ. އަދި އެމީހުން ތިބީ ޝަރީފް ނޫންގޮތެއް ޖެހި ރީނދޫ ކުލައިގެ އެމްޑީޕީ ޓީޝާޓުގައެވެ. އެހެންކަމުން އެއީ އެމްޑީޕީ އާއި މެދު އޮތް ހިތްހަމަނުޖެހުމެއް ނޫންކަން ސާފުވެއެވެ.

© 2023 milauthuru. All rights reserved.