މިލައުތުރު

ށ. ފޭދޫ ރައީސް އުނބަށް ޖަހައިފި

ދަ ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި ވަރަށް އިސްކޮށް މަސައްކަތް ކުރެއްވުމަށް ފަހު އަދި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އަށާއި، އެމްޑީޕީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު ފޭދޫ ރައީސް އަޙްމަދު ރައިސަމް ކުއްލިގޮތަކަށް އެމްޑީޕީ އާއި އަލުން ގުޅިވަޑައިގަތުމަކީ އުނބަށް ޖެހުން ފަދަކަމެއްގެ ގޮތުގައި އަތޮޅުގެ ގިނަ ބަޔަކު ސިފަކުރަން ފަށައިފިއެވެ. ފޭދޫ އިން ވާހަކަދެއްކި ބައެއް މީހުން ބުނާގޮތުގައި އޭނާއަށް މިހާރު އިތުރު ގޮތެއް ވެސް ނެތްކަމަށެވެ. އެމްޑީޕީގައި މިހާރު ތިިިބި މީހުން އެނާ މުޅިން ބާކީކޮށް އެކަނިކޮށްލާފައި ވާކަމަށެވެ. ދަ ޑިމޮކްރެޓްސްއަށް ސޮއިކުރީ ވެސް އެފަދަ ހިތްހަމަނުޖެހުންތަކެއް ހުރުމުން ކަމަށާއި، ރައްޔިތުންގެ މަޖިލިސްއަށް ވާދަކުރުމަކީ އޭނާ ދެކޭ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ. އެހެން ނަމަވެސް އެފުރުޞަތު ވެސް ގެއްލި އޭނާ ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އެހެން ނަމަވެސް އޭނާ އަކީ އަބަދުވެސް އެމްޑީޕީ އަށާއި، ރައީސް ނަޝީދަށް ވަރަށް އިޚްލާޞްތެރި މީހެއް ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދު ވާދަ ނުކުރައްވާތީ، އެގޮތަށް ނިންމެވީކަމަށް ބެލެވޭކަމަށާ ނުވަތަ ބޮޑު ބުޅިއެއްގައި ބާނާލީކަމަށް ވެސް ވެދާނެކަމަށެވެ.

ފޭދޫ ރައިސަމް ދަ ޑިމޮކްރެޓްސްގެ ޙަރަކާތްތަކުން ގެއްލުނުތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަދި ސޯޝަލް މީޑިޔާ ޕޯލްތަކުގައި އެމްޑީޕީއަށް ވޯޓްދޭތާ ވެސް ދުވަސްކޮޅެއް ވެއްޖެއެވެ. އެކަން ވަނީ ރަށު މީހުންނަށާއި، އަތޮޅުގެ އިސް ފަރާތަކާއި، ޕާޓީގެ ލީޑަރޝިޕަށް ވެސް ފާހަގަކުރެވިފައެވެ. އެހެން ކަމުން މި ބަދަލުވުމަކީ އެއްވެސް މީހަކު ހައިރާން ވާނެކަމެއް ނޫނެވެ.

One Reply to “ށ. ފޭދޫ ރައީސް އުނބަށް ޖަހައިފި”

  1. ރށ މހއ

    ގޮއިދޫ ކައުންސިލް ގެ ރައީސްވެސް

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.