މިލައުތުރު

އެންމެ އަވަހަށް ހުޅުވާ އެންމެ ލަހުން ބަންދުކުރާ ޖަގަހަ އަކީ ޕީޕީއެމް ހެންވޭރު ޖަގަހަ

ރިޔާސީ އިންތިޚާބުގެ ފޯރި ގަދަވެ ރާއްޖޭގެ މުޅި ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މިދަނޑިވަޅުގައި ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައް އެންމެ ބާރަށް ކުރިއަށްދާތަން މިހާރު ފެންނަނީ ހެންވޭރު އަލިމަސް ކާނިވާ ސަރަޙައްދުގައި ހުންނަ ޕީޕީއެމްގެ ކެމްޕެއިން ޖަގަހަކަން ފާހަގަކުރެވެއެވެ. އެގޮތުން ހުކުރެއް ހޮނިހިރެއް ވަކިން ތަފާތެއް ނެތި ކޮންމެ ދުވަހެއްގެ ވެސް އެންމެ ހެނދުނާ ހުޅުވާ ރޭގަނޑު އެންމެ ލަސްވަންދެން މަސައްކަތްކުރާ ކެމްޕެއިން ޖަގަހަ އަކަށް އެތަން ވެއްޖެއެވެ. އަދި އެޓީމުން މަސައްކަތްކުރަނީ ހިތާ ރޫޙުން ކާމިޔާބުވާނެ ކަމުގެ ފުރިހަމަ އިތުބާރާ ޔަޤީންކަމާ އެކުގައެވެ. އެމީހުން ދެކޭގޮތުގައި ދެން އުފެދިގެން އަންނާނީ ސީދާ ޕީޕީއެމްގެ ސަރުކާރެކެވެ. އަދި އެއީ ދިވެހި ރައްޔިތުން ވެސް އެންމެ ބޭނުންވާ ގޮތްކަމަށެވެ. އަދި ޑރ. މުޢިއްޒު އަކީ އެމީހުން ދެކޭގޮތުގައި މިފަހަރު ރައީސްކަމަށް ކުރިމަތިލައްވާ އެންމެ ތަޢުލީމީ ޤާބިލު ކެންޑިޑޭޓެވެ. އެހެން ވީމާ ރައްޔިތުން އެކަން ބަލައިގަންނާނެ ކަމަށެވެ.

އަދި އެހެން ހުރިހާ ޕާޓީތަކެއްގެ ޖަގަހަތަކުގައި ނުކުރާހާ ފޯރީގައި މަސައްކަތްކުރާ ތަން ފެންނަނީ ވެސް ޕީޕީއެމްގެ ޖަގަހައިގައެވެ. މިއީ އެހެން ސިޔާސީ ޕާޓީތަކަށް އަދި ފާހަގަ ނުކުރެވޭކަމަށް ވެދާނެއެވެ. އަދި އެމީހުންގެ މަސައްކަތުގެ ރޭޓާ މެދު ސަމާލުވާން ޖެހޭކަމެކެވެ.

© 2023 milauthuru. All rights reserved.