މިލައުތުރު

ހއ. މުރައިދޫ އެމްޑީޕީ އޮފީސް ޑިމޮކްރެޓުން ނަގައިފި

ޒަމާނުން ސުރެން ހއ. މުރައިދޫގައި އެމްޑީޕީން ބޭނުންކުރަމުން އައި މައި އޮފީސް ދަ ޑިމޮކްރެޓްސްއަށް ނަގާ ކުލަ ބަދަލުކޮށްލައިފިއެވެ. އަދި ޑިމޮކްރެޓްސްގެ މިޙަރަކާތުގައި އިސްކޮށް އުޅެނީ ކުރިން އެމްޑީޕީގައި ވެސް އެންމެ އިސްކޮށް އުޅުނު ފަރާތްތައް ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. އެމީހުން ބުނާގޮތުގައި މިހާރު އެމްޑީޕީއެއް ނެތްކަމަށާއި، އުޞޫލުތައް ބަދަލުވެފައި ވާކަމަށެވެ. ކުރިން ޤަބޫލުކުރަމުން އައި ސިޔާސަތުތަކެއް މިހާރު ނެތްކަމަށެވެ. އަދި ދާއިރާ ތަމްސީލުކުރަން ތިބިފަރާތްތައް ވަކިފަރާތަކަށް ޖެހިފައި ވާކަމަށެވެ. އިޚްލާޞްތެރިކަމާ އެކު މަސައްކަތްކުރި ފަރާތްތައް ބާކީ ކޮށްލައިފި ކަމަށެވެ. އަދި ހުރިހާކަމެއް ފައިސާއަށް ގޮސް ހުސްވެއްޖެ ކަމަށެވެ. އެއީ އެމްޑީޕީ ނޫންކަމަށެވެ.

ހއ. މުރައިދޫ އަކީ 900 އަށް ވުރެން ގިނަ މީހުން ދިރިއުޅޭ ރަށެކެވެ. އަދި ސަރުކާރުގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ނިމިފައިވާ ރަށެއް ވެސް މެއެވެ. މިޙަޤީޤަތްތަކާ އެކު ވެސް ކުއްލިއަކަށް މިހާބޮޑު ބަދަލެއް އައީ ކީއްވެ ހެއްޔެވެ. ޚަަބަރުތައް ލިބޭގޮތުގައި މިޙާލަތުގައި އެރަށުން ވެސް އެމްޑީޕީއަށް މެޖޯރިޓީ ނެގުމަކީ މިހާރު ދަތިކަމެކެވެ. މުރައިދޫން ވާހަކަދެއްކި މީހަކު ބުނިގޮތުގައި އެރަށުގެ މެޖޯރިޓީ ނެގުމަށް އެމްޑީޕީއަށް އޮތް ހަނި ފުރުޞަތު ވެސް މިހާރު ގެއްލިއްޖެކަމަށެވެ. އެމްޑީޕީ ބައިބައިވެ ޑިމޮކްރެޓްސްއަށް ޒުވާނުންތަކެއް ގުޅުމުން ފަސޭހަކަމާ އެކު ޕީޕީއެމުން އެރަށުގެ މެޖޯރިޓީ ހޯދާނެކަމަށެވެ.

© 2023 milauthuru. All rights reserved.