މިލައުތުރު

މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު އާރިފު (އާއްޓޭ) ޕީޕީއެމަށް ސޮއި ކުރައްވައިފި

މަޝްހޫރު ވިޔަފާރިވެރިޔާ ލޮޓަސް މޯލްޑިވްސްގެ ބާނީ އަޙްމަދު އާރިފު އެމްޑީޕީ ދޫކުރައްވާ ޕީޕީއެމް އާއި ގުޅިވަޑައިގެންފިއެވެ. އާރިފް އަކީ އެމްޑީޕީގެ ކެމްޕެއިންތަކުގައި ތަފާތު އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅެކެވެ. އަދި އޭނާ އަކީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އަދި ސޯޝަލް މީޑީޔާގައި ވަރަށް ނުފޫޒު ގަދަ ބޭފުޅެއް ވެސް މެއެވެ. މިފަހަކަށް އައިސް އާއްޓޭ ފާހަގަކުރެވެނީ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޅުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ.

އާއްޓޭ ފާހަގަކުރެވެނީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅެއްގެ ގޮތުގައެވެ. އޭނާ ދެކޭގޮތުގައި ރައީސް ޞާލިޙްގެ އެއްވެސް ހަރުދަނާ އިޤްތިޞާދީ ތަޞައްވުރެއް ނެތްކަމަށެވެ. އަދި ސިޔާސަތެއް ވެސް ނެތްކަމަށާއި، ކޮވިޑުގެ އާލަމީ ވަބާއިން ރާއްޖެ ސަލާމަތްވީ ސަރުކާރުގެ މޮޅުކަމުން ނޫންކަމަށާއި، ދިވެހި ވިޔަފާރިވެރިންގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި ވިޔަފާރިތަކަށް ދިމާވި ގޮންޖެހުންތަކަށް ވެސް ސަރުކާރުގެ ފަރާތުން އެއްވެސް މަދަދުވެރިކަމެއް ނުލިބޭކަމަށާއި، އެކަމުގެ ކްރެޑިޓެއް ރައީސް ޞާލިޙަކަށް ނުނެންގެވޭނެ ކަމަށެވެ.

އާއްޓޭ އެމްޑީޕީ ދޫކޮށް ޕީޕީއެމާ ގުޅިވަޑައިގަތުމަށް ފަހު، ޕޯޑިއަމުގައި ވާހަކަދެއްކުމަކީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވާ ކަމެކެވެ. އެހެނީ ގިނަ ބަޔަކު ލަފާކުރިގޮތުގައި އޭނާ ގުޅޭނެކަމަށް ބެލެވުނީ ދަ ޑިމޮކްރެޓްސް އާއެވެ. އެއާ ޚިލާފަށް އިދިކޮޅު މައި ޕާޓީގެ ޕޯޑިއަމުން ފެނުމަކީ ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބުނުކަމެކެވެ. އަދި އޭނާ ވިދާޅުވީ މިއިންތިޚާބު ސީދާ އެއްބުރުން ޑރ. މުޢިއްޒު ފަސޭހަކަމާއެކު ކާމިޔާބުކުރައްވާނެ ކަމަށެވެ.

© 2023 milauthuru. All rights reserved.