މިލައުތުރު

ބ. ދޮންފަނުގައި އެމްޑީޕީ ނޫންބައެއް ނެތް!

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބ. ފެހެންދޫއަށް ވަޑައިގަތުމުން ފެނިގެން ދިޔައީ އަޖައިބެއް ފަދަ ބޮޑު ތަރުޙީބެކެވެ. މުޅި ރަށް ހުސްކޮށް ވަނީ ރައީސަށް މަރްޙަބާ ދެންނެވުމަށް ނިކުމެފައެވެ. މިއީ މިހާތަނަށް ދޮންފަނުން ސިޔާސީ އެއްވެސް ލީޑަރަކަށް މީގެ ކުރިން ދުވަހަކު ވެސް ދެންނެވި ފަދަ ހޫނު މަރްޙަބާއެއް ނޫނެވެ. މުޅި ދޮންފަނު އޮތީ ރަންރީނދޫ ކުލައިން ޖަރީވެފައެވެ. މީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމާއި، އަމާންރާއްޖެއަކަށް ދެވޭކަމުގެ ހިނިތުންވުމެވެ. އަދި އެމީހުން ދެކޭގޮތުގައި، އިބޫނޫންގޮތެއް ނެތްކަމަށެވެ. އަދި ދެވަނަ ބުރެއް ނުވެސް އޮންނާނެކަމަށާއި، މިކަން އެއްބުރުން ނިންމާލާނެކަމަށެވެ.

ބ. ކިހާދޫ އިން ވެސް ފެނުނީ ހަމަ އެފަދަ އުފާވެރި މަންޒަރެކެވެ. ކޮޅާކޮޅު ނުފެންނަ ދިގު ސަފުތަކަށް އެތުރިފައި އޮތީ ރައީސް ޞާލިޙަށް މަރްޙަބާ ދަންނަވަން ނިކުމެ ތިބި މީހުންނެވެ. ބ. އަތޮޅަށް މިއައި ބޮޑު ބަދަލަކީ ގިނަ ބަޔަކަށް ހައިރާންކަމެއް ލިބުނުކަމެކެވެ. އެހެނީ މީގެ ކުރިން އެއަތޮޅުގެ ގިނަ ރަށްރަށުން ފެނުނީ ފިޔާތޮށި ކުލައެވެ. އެހެން ނަމަވެސް މިހާރު އެކުލަ ފެންނަން ވެސް ނެތްކަހަލައެވެ. މުޅި ކިހާދޫގައި އޮތީ ރީނދޫ ދިދަ އާއި މާފައްޗާއި، ބެނާތައް ދަމާ ޒީނަތްތެރިކޮށްފައެވެ. އެހެންކަމުން މިއީ އެމްޑީޕީއަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

© 2023 milauthuru. All rights reserved.