މިލައުތުރު

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން އިތުރު ފުރުޞަތުތަކެއް!

އެސްޑީއެފްސީގެ ފަރާތުން އިތުރު ދެ ލޯނެއް ތަޢާރަފުކޮށްފިއެވެ. އެ ދެލޯނަކީ ފަންނުވެރި ނަފާ ލޯނާއި، ޓެކްސީ ނަފާ ލޯނެވެ. މި ދެލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ވެސް މިހާރު ވަނީ ހުޅުވާލާފައެވެ. ފަންނުވެރި ނަފާ ލޯނަކީ ރާއްޖޭގައި ތިއްބެވި ފަންނުވެރި ފަރުދުންގެ މަސައްކަތްތައް ވިޔަފާރީގެ އުޞޫލުން ކުރިއެރުވުމަށްޓަކައި ފަރުމާ ކުރެވިފައިވާ ލޯން ސްކީމެކެވެ. އަދި ޓެކްސީ ނަފާ ލޯނަކީ ޓެކްސީ ކުރާ ފަރާތްތަކަށް އެމީހުން މިހާރު ދުއްވާ އުޅަނދުތައް މަރާމާތުކުރުމަށާއި، އިތުރު އުޅަނދުފަހަރު ގަތުމަށް އެހީތެރިވުމުގެ ގޮތުން ދެވޭ ލޯނު ފުރުޞަތެކެވެ.

އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަނުން މަޢުލޫމާތު ދޭގޮތުގައި، މި ލޯނުތަކުގެ ސަބަބުން އުފެއްދުންތެރި ޚިޔުތައް އިތުރުވެ މި ދާއިރާތަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރުވެ ރާއްޖޭގެ އިޤްތިޞާދަށް އިތުރު ފުރިހަމަކަމެއް އަންނާނެ ކަމަށެވެ. އަދި މިހާރު ފަރުދީގޮތެއްގައި އެކި އެކި މަސައްކަތްތައް ކުރާމީހުންނަށް އިންތިޒާމް ވެވޭގޮތެއް ގައި އެމީހުންގެ މަސައްކަތްތައް ވިޔަފާރީގެ އުޞޫލުން ކުރިއެރުވުމަށް ފުރުޞަތު ފަހިވެގެން ދާނެއެވެ.

© 2023 milauthuru. All rights reserved.