މިލައުތުރު

ށ. އަތޮޅު މަދަރުސާގައި ތަރައްޤީކުރާ ނަމާދުކުރާ ކޮޓަރީގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި

އަތޮޅު މަދަރުސާގައި އެސްކޫލުގެ ބެލެނިވެރިނާއި މުދައްރިސުންގެ ޖަމިއްޔާއިން ތަރައްޤީކުރަމުން ގެންދާ ނަމާދުކުރާ ކޮޓަރީގައި ސިމެންތި ޖެހުމުގެ މަސަައްކަތް ސޭންޑްސްޓޯން ޕްރައިވެޓް ލިމިޑާއި ޙަވާލުކޮށްފިއެވެ. މި މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި އަތޮޅު މަދަރުސާގެ ފަރާތުން ސޮއިކުރެއްވީ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު ފައިސަލްއެވެ. އަދި ސޭންޑްސްޓޯން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ވެރިޔާއެވެ. މިއީ ދަރިވަރުންނާއި މުވައްޒަފުންނަށް ސްކޫލުގައި އުޅޭ ވަގުތުތަކުގައި ނަމާދުކުރުމަށް ފަސޭހަކޮށްދިނުމާއި، ދަރިވަރުންގެ ހިތްތަކުގައި ނަމާދަށް ލޯބިޖެއްސުމާއި، ވަގުތަށް ނަމާދުކުރުމުގެ އާދަ އަށަގެންނެވުމުގެ މަޤުޞަދުގައި ތަރައްޤީކުރެވޭ ނަމާދުކުރާ ކޮޓަރިއެކެވެ.

ށ. ކަނޑިތީމުގައި ހުންނަ އަތޮޅު މަދަރުސާ އަކީ ތަޢުލީމީ ޖީލެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އަތޮޅުގެ ފަޚުރެއްކަމުގައިވާ މަދަރުސާއެކެވެ. އަދި އަތޮޅުގައި ތިއްބެވި ވަރަށް ގިނަ ފަންނުވެރިންނާއި، ހިންގުންތެރިންނާއި، ސިޔާސީ ލީޑަރުންނަކީ ވެސް އަތޮޅު މަދަރުސާއިން މަދަރުސީ ތަޢުލީމު ޙާޞިލުކުރެއްވި ބޭބޭފުޅުންނެވެ. އެހެންކަމުން ށ. އަތޮޅު މަދަރުސާ އަކީ މުޅި އަތޮޅު ޤަދަރާއި އިޙްތިރާމް ލިބިފައިވާ ފާހަގަކޮށްލެވޭ ސްކޫލެކެވެ.

© 2023 milauthuru. All rights reserved.