މިލައުތުރު

އެމްޑީޕީން މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަނީ – ކިހިނެތް ވާނެބާ؟

2024 ވަނަ އަހަރުގެ އޭޕްރީލް މަހުގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އަލަށް އުފެދުނު ދާއިރާތަކާ އެކު ޖުމްލަ 93 ދާއިރާއަށް ވެސް އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރައްވާގޮތަށް ކަނޑައަޅުއްވައިފިއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލިސްގައި 65 ކޮނޑިއާއި އެކު ސުޕަރ މެޖޯރިޓީ ވަނީ ހޯދާފައެވެ. އެއީ ޕާޓީގެ އިސްލީޑަރުގެ ފިސްނުންފުޅާއި ދެކޮޅަށް އޭރުގެ އެމްޑީޕީ ރައީސް މުޙައްމަދު ނަޝީދު ނިންމެވި ނިންމެވުމެކެވެ. އިސްލީޑަރާއި ޕާޓީގެ މެނޭޖްމަންޓުގެ ބޭފުޅުން ބޭނުންފުޅުވީ ކޯލިޝަން ޕާޓީތަކުގެ މެދުގައި ހަމަހަމަކޮށް ބަަހާލުމަށެވެ. އެހެން ނަމަވެސް އެކަން ޤަބޫލުނުކުރައްވާ ރައީސް ނަޝީދު ބޭނުންފުޅުވީ ހުރިހާ ގޮނޑިތަކަށް ވެސް އެމްޑީޕީން ވާދަކުރެއްވުމަށެވެ. އަދި ސުޕަރ މެޖޯރިޓީ ހޯއްދެވުމަށެވެ. އެކަން ވަނީ ކިތަންމެހާ ވެސް ރަގަޅަކަށް ކާމިޔާބުކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގައި އިތުރު ދެޕާޓީއާ އެކުވެގެން ވެސް އެމްޑީޕީއަށް މެޖޯރިޓީ ލިބިފައި ވަނީ އެންމެ ދެ އަތޮޅަކުންނެވެ. އެހެން ވީމާ އެމްޑީޕީ ގިނކަންޏާ ނިކުމެގެން މިިފަހަރު ކިހިނެތް ވާނެބާއޭ މިއީ ވަރަށް ގިނަ ބަޔަކު ކުރާ ސުވާލެކެވެ. އަދި އެމްޑީޕީން ގިނަ ބަޔަކު ވަކިވެގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް ވެސް ވަނީ އުފައްދާފައެވެ. އަދި އެޕާޓީ އިން ވެސް މަސައްކަތް ކުރަނީ އެމްޑީޕީއާ ސީދާ ދިމާ އިދިކޮޅަށެވެ. މިއީ ހަމަ ޔަޤީނުން ވެސް އެމްޑީޕީއަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެކަމެކެވެ. ބައެއް މީހުން ދެކޭގޮތުގައި އެމްޑީޕީއަށް ހަމަ އެންމެ ގޮނޑިއެއް ވެސް ދިފާޢު ނުކުރެވޭނެއެވެ. އެހެން ވެއްޖެ ނަމަ އަނެއްކާ ވެސް ވެރިކަންކުރާ ޕާޓީއަށް މަޖިލިހުގެ ސުޕަރ މެޖޯރިޓީ ލިބުމުގެ ފުރުޞަތު ބޮޑެވެ.

© 2023 milauthuru. All rights reserved.