ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބަކީ އަބަދުވެސް އާދަޔާ ޚިޔާލަށް ވާދަވެރި އަދި ފޯރިގަދަ އިންތިޚާބެކެވެ. ކޮމަންޑޫ ދާއިރާގައި ހިމެނެނީ ކޮމަންޑޫ، މަރޮށި އަދި ފޯކައިދޫއެވެ. މިފަހަރު ކޮމަންޑޫ ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެކަން މިހާތަނަށް އިޢުލާންކުރައްވާފައި ވަނީ އެންމެ ފަރާތަކުންނެވެ. އެއީ ކޮމަންޑޫގެ ބޭފުޅެއްކަމަށްވާ އިބްރާހީމް ވަޙީދުއެވެ. އޭނާ ވަނީ ފުލުހުންގެ ޚިދުމަތުގައި 20 އަހަރަށް ވުރެން ދިގު މުއްދަތެއް ހޭދަކުރެއްވުމަށް ފަހު، ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ވާދަކުރެއްވުމަށްޓަކައި، ޝަރަފުވެރިކަމާ އެކު ރިޓަޔަރ ކުރެއްވުމަށް ހުށަހަޅުއްވާފައެވެ. ފުލުހުން ޚިދުމަތުގައި ތަފާތު އެކި އަތޮޅުތަކުގެ އަތޮޅު ކޮމާންޑަރުގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ވައްޑެ އަކީ ށ. އަތޮޅުގެ ކޮމާންޑަރުކަމުގެ މަޤާމުގައި މިހާރު ވެސް ހުންނެވި ބޭކަލެކެވެ. އަދި އަމިއްލަފުޅަށް ރިޓަޔަރ ކުރައްވަނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ސިޔާސީ ޚިދުމަތެއް ފޯރުކޮށްދެއްވުމުގެ ޝައުޤުވެރިކަމުގައެވެ.
އިބްރާހީމް ވަޙީދު (ވައްޑެ) އަކީ ވިޔަފާރި ހިންގުމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ މައިކޮލެޖުން މާސްޓަރ އޮފް ބިޒްނެސް އެޑްމިނިސްޓްރޭޝަން ޙާޞިލްކުރައްވާފައެވެ.
ވައްޑެ ސާރ ވަނީ މިހާރު ތާޢީދު ހޯއްދެވުމުގެ މަސައްކަތް ފަށްޓަވާފައެވެ. އެގޮތުން ދާއިރާގެ ތިން ރަށުން މާލޭގައި ދިރިއުޅޭ ފަރާތްތަކާއި ބައްދަލުކުރައްވާ އޭނާގެ ސިޔާސަތުތަކާއި، ކުރިމަތި ލެއްވުމުގެ މަޤުޞަދުތައް ގެންދަވަނީ ކިޔައިދެއްވަމުންނެވެ. އަދި ވަކިން ޚާއްޞަކޮށް ދާއިރާގެ ޒުވާނުންގެ ވިސްނުން ހުރިނެތް ގޮތް ގެންދަވަނީ ދިރާސާކުރައްވަމުންނެވެ. ލަފާކުރެވޭ ގޮތުގައި ޕީއެންސީ އިން މަޖިލިސް ޕްރައިމަރީއެއް ބާއްވަން ޖެހޭނެއެވެ. އެހެނީ ރަސްމީކޮށް އިޢުލާން ކުރައްވާފައި ނެތް ނަމަވެސް ޕީޕީއެމްގެ ކޮމަންޑޫ ދާއިރާގެ ރައީސްގެ ވިސްނުންފުޅު ހުރިކަމަށް މަޢުލޫމާތު ލިބެއެވެ. އެއީ އެންމެންގެ މުޙައްމަދުބެ (ތެޔޮ މުޙައްމަދުބެ) އެވެ. އެބޭފުޅާ އަކީ ވަރަށް ގިނަ ބަޔަކު ދަންނަ އަދި މީހުންނާ ވަރަށް ގުޅޭ މަޑުމައިތިރި އަޚުލާޤު ރަގަޅު ބޭފުޅެކެވެ. އަދި ތިން ރަށުގެ ޕީޕީއެމް/ޕީއެންސީ ސްޓިއަރިންގ ކޮމިޓީ އިން ވެސް އެފަދަ ނިންމުމެއް ނިންމަވާފައި އޮތްކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.
3 Replies to “ޕީޕީއެމް/ޕީއެންސީ އިން ކޮމަންޑޫ ދާއިރާގެ މަޖިލިސް އިންތިޚާބުގައި ވައްޑެ ވާދަކުރައްވަނީ…”
ޔުނައިޓެޑް ކޮމަންޑޫ
ނެތް ތިކަމެއް އަދި ވާކަށް މަރޮށި ފޯކައިދޫ އިން ނެތް ކެމްޕެއިން ކޮށްދޭނެ ޓީމް އެއްވެސް. އެހެން ކަމަކާ އުޅޭ
ކުޑަފާއިޒު
ހއ.އަތޮޅު ކޮމާންޑަރަކަށްހުރެ, ދިއްދޫގައި މަސައްކަތްކުރި ފުލުހެއް އެހެން ރަށަކަށް ބަދަލުކޮށް އެ ފުލުސް މީހާގެ އަންހެނުންނާއި ގާތްގުޅުމެއް އުފައްދައި އެދެމަފިރިންގެ ދިރިއުޅުން ހަލާކުކޮށްލި. ލަންކާގައި ކައިވެނިކޮށް ރާއްޖޭގެ ކޯޓުގައި ރަޖިސްޓްރީ ނުކޮށް އުޅެނިކޮށް އެކަން ހަލާކުވީ އެއާއިލާއަށް ޙަޤީޤަތް އެނގުމުން. އެއީ ލޮލީ ޖާބިރް ގެ ނަމުގައި އިން އެކްސް(ޓްވިޓަރ) އެކައުންޓްގައި ޕޯސްޓްކުރި ވީޑިއޯ އިން ފެންނަ ޒުވާބު. އެ ޒުވާބުގައި ވައްޑެ ސާ އަށް އެ ފޮޅާލަނީ އެ އަންހެން ކުއްޖާގެ މަންމަ.
އިނދެގެން ހުރި ކޮމަންޑޫ އަނބިމީހާއާއި ވާހަކަ ނުދައްކައި އެތައް ދުވަހެއް ހޭދަކޮށް, އޭނާ ހިތުގައި ޖައްސާ އެތައް ނަފްސާނީ ވޭނެއް ދިނުމަށްފަހު ވަރިކުރީ.
ހއ ގައި މަސައްކަތްކުރި ދުވަސްވަރު އަތޮޅު ކޮމާންޑަރުގެ ޒިންމާއަށްވުރެ ސިޔާސީ ޒިންމާއެއް އޮވެގެން މަސައްކަތްކުރީ. ސިޔާސީ މީހުންނާއެކު އަބަދު އުޅޭނީ.
ށ.އަތޮޅު ޕޮލިސިން އެތައް ގުނައެއް ދިޔައީ ދަށަށް ވައްޑެ ސާ ގެ ދައުރުގައި. ފުނަދޫ ޕޮލިސް ވުޖޫދުގައިވެސް ނެތްފަދަ. ފޭދޫ އަންހެނުން ކޮމިޓީގެ ރައީސާއާއި އޮތް ގުޅުމަކީ ސްކްރީން ޝޮޓްތައް ލީކުވި ކުޅިވަރެއް.
މި ނޫން ހައްލެއް ދައްކާ. ހިކަނދިގަނޑެއް ނެރެ ވޯޓު ދޭށޭ ޕާޓީން ބުނިނަމަވެސް, ގަދަރެއް ނެތް މީހަކަށް ވޯޓު ދެވޭކަށް ނެތް.
އަމަނަ
ތިި ވައްޑެ އަކިީ ޕޮލިހުގަ ހުރެގެންވެސް ސިޔާސީ ހުރިހާ ހަޑި ކަންކަން ކުރި ކަރަޕްސަނުގެ ބައްޕަ.
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި