މިލައުތުރު

އެނގޭތޯ ކޭންޑަލް ޖެނާއަށް 28 އަހަރު ފުރިއްޖެ

އެމެރިކާގެ ސްޕަރ މޮޑެލްއެއް ކަމަށްވާ ކޭންޑަލް ޖެނާއަށް މިއަދު 28 އަހަރު ފުރިއްޖެއެވެ. ކޭންޑަލް ނިކޯލް ޖެނާ އުފަންވީ 3 ނޮވެމްބަރު 1995 ގައި ލޮސް އެންޖެލަސް، ކެލިފޯނިޔާގައެވެ. އިސްކޮޅުން ދިގު ރީތިކަމަށް މަޝްހޫރު ކޭންޑަލްގެ އިސްކޮޅުގައި 5 ފޫޓު 11 އިންޗި ހުރެއެވެ. އުމުރުން އެންމެ 14 އަހަރުގައި މޮޑެލްކުރަން ފެށި ކޭންޑަލް އަކީ މޮޑެލްކުރުމުން ދުނިޔޭގައި ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ދާއިރާގެ ތަރިއެކެވެ. 2017 ވަނަ އަހަރު ފޯބްސްގައި މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑު އުޖޫރައެއް ދޭ މޮޑެލްގެ ގޮތުގައި ލިސްޓްކުރެވިފައި ވެއެވެ. ކާޑޭޝިއަން އާއިލާއަށް ނިސްބަތްވާ ކޭންޑަލްގެ އެއްބަނޑު އިތުރު 5 ކުދިން ތިބެއެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ހަގު ބިލިޔަނަރ މޮޑެލް ކައިލީ އާއި، ކިމް އާއި ކްލޯއީ ވެސް ހިމެނެއެވެ.

ކޭންޑަލް އަކީ ރާއްޖޭގެ ޒުވާން ކުދިންގެ މެދުގައި ވެސް ވަރަށް މަޤުބޫލު މޮޑެލްއެކެވެ. އަދި ކައިލީތޯ ރީތީ ކޭންޑަލްތޯ ރީތީ ކުރެވޭ ބަހުސް އަކީ ރާއްޖޭގައި ވެސް ކުރެވޭ ބަހުސެކެވެ. ގިނަ ބަޔަކަށް ރީތީ އިސްކޮޅުން ދިގުކަމުން ކޭންޑަލް ކަމަށް ބުނެއެވެ. އެހެން ނަމަވެސް އޭގެ ތެރޭގައި ވަކި މީހަކަށް ދޫކުރާނެ މީހެއް ނެތެވެ. ބުރުސޫރަ ރީތިކަމާއި، ވަނާތަކާއި ބައްޓަން ފުރިހަމަ ކަމަށް މުޅި ދުނިޔެ ވެސް ތަޢުރީފުކުރެއެވެ. އަދި ދުނިޔޭގެ އެންމެ ބޮޑެތި ބްރޭންޑްތައް ތަމްސީލުކޮށް، ބިލިޔަން ޑޮލަރުގެ އާމްދަނީ ލިބެއެވެ. އަދި ކާމިޔާބު ވިޔަފާރިވެރިން ކަމުގައި އެމީހުން ވެއެވެ.

© 2023 milauthuru. All rights reserved.