ށ. އަތޮޅުގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް މިއަދު ވަނީ ފެށިފައެވެ. ށ. މާއުނގޫދޫގައި ކުޅެވުނު ގްރޫޕް-ބީގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ށ. މިލަންދޫ އާއި ޅައިމަގެވެ. މި މެޗް 7 ލަނޑު ސުން ލަނޑުން ކާމިޔާބުކުރީ މިލަންދޫ ސްޕޯޓް ކްލަބެވެ. ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބުނު މި މެޗުގައި މޮޅަށް ކުޅެ ގިނަ ޙަމަލާތައް އުފައްދާފައި ވަނީ ވެސް މިލަންދޫއެވެ. މެޗްގެ ވަގުތު ހަމަވި އިރު ވެސް ޅައިމަގަށް މިލަންދޫގެ ގޯލް ފޫއަޅުވާލެވޭނެ ގޮތެއް ނުވިއެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހައިދިނީ މިލަންދޫ ޓީމުގެ ޖާޒީ ނަންބަރ 30 އަޙްމަދު ޝާނީ (ދަގޭ) އެވެ. މެޗުގައި މިލަންދޫ ޓީމުގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔައިރު އަޙްމަދު ޝާނީ ވަނީ އިތުރު 2 ލަނޑު ޖަހާ މުބާރާތުގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މިލަންދޫ ޓީމުގެ އިތުރު ލަނޑުތައް ޖަހައިދިނީ އާދަމް އާނިމް 2 ލަނޑު އިބްރާހިމް ސަޢީދު 1 ލަނޑު އަދި އިބްރާހިމް ސާހީ 1 އެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މިލަންދޫ ޓީމުގެ ޖާޒީ ނަންބަރ 30 އަޙްމަދު ޝާނީ އެވެ.
މިލަންދޫ ޓީމުގެ ކުރިއަށް އޮތް މެޗު އޮންނާނީ 22 ނޮވެމްބަރ 2023 ވަނަ ދުވަހު ހަވީރު 17:00 ގައެވެ. މި މެޗުގައި މިލަންދޫ ޓީމު ނުކުންނާނީ ކޮމަންޑޫ ޓީމާއި ދެކޮޅަށެވެ.
One Reply to “މިލައުތުރު ފުޓްސަލް މުބާރާތުގެ ގްރޫޕް-ބީގެ ފުރަތަމަ މެޗް ބޮޑު ތަފާތަކުން މިލަންދޫ ސްޕޯޓްސް ކްލަބް ކާމިޔާބު ކޮށްފި”
Mila Uthuru Meeha
Kulhuntheringe nanthah rangalhubaa?
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި