ފޯކައިދޫ ބުލަޑް ބުރަދާސް ސްޕޯޓްސް ކުލަބުގެ އަހަރީ ދުވަސް ފާހަގަކޮށްފި.

މިލައުތުރު | 21 ފެބްރުއަރީ 2025 | ކުޅިވަރު

ށ. ފޯކައިދޫގެ ކުޅިވަރު ކުލަބެއް ކަމަށްވާ ބުލަޑް ބުރަދާސް ސްޕޯޓްސް ކުލަބުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ވަރަށް ޚާއްސަ ހަރަކާތްތަކެއް އެ ކުލަބުގެ ފަރާތުން ރަށުގައި ކުރިއަށް ގެންގޮސްފިއެވެ.

ބުލަޑް ބުރަދާސް ސްޕޯޓްސް ކުލަބުގެ އަހަރީ ދުވަހަކީ 20 ފެބުރުއަރީ އެވެ. އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ ރަށުގައި މިވަގުތު ތިބި އުމުރުން ދުވަސްވީ މީހުންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުލަބުގެ ފަރާތުން ދޭ ޚާއްސަ ހަދިޔާ ދިނުމުގެ ހަރަކާތެވެ.

Advertisement

މީގެ އިތުރުން ވެސް ތަފާތު ހަރަކާތްތަކެއް އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭގެތެރޭގައި ރޯދަމަހަށް ޚާއްސަކޮށްގެން ފޯކައިދޫގެ ހުރިހާ މިސްކިތްތަކަށް ކަދުރު ހަދިޔާކުރުމާއި، އެހެނިހެން ވެސް އިޖުތިމާއީ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. މިއީ ފޯކައިދޫގައި ރަޖިސްޓަރީ ކުރެވިގެން ހިންގާ އެންމެ ހަރަކާތްތެރި އެއް ކުލަބުގެ ގޮތުގައި ފާހަގަކޮށްލެވޭ ކުލަބެކެވެ.

Advertisement

ބުލަޑް ބުރަދާސް އަކީ ފޯކައިދޫގައި މިހާރު އޮތް އެންމެ ކާމިޔާބު ކުޅިވަރު ކުލަބޭ ދެންނެވުމަކީ ވެސް ކުށަކަށް ނުވާނެއެވެ. އެހެނީ އެ ކުލަބުން ވަނީ ވިދި ވިދިގެން 6 ފަހަރެއްގެ މަތިން ފޯކައިދޫ ލީގު ޗެމްޕިއަންކަން ހޯދާފައެވެ. އަދި މީގެ އިތުރުން ވެސް އެކި އެކި ކުޅިވަރު މުބާރާތްތަކާއި، އެކުވެރިކަމުގެ މެޗުތަކުން ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައި ވެއެވެ.

ބުލަޑް ބުރަދާސް ސްޕޯޓްސް ކުލަބުގެ އަހަރީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް މިލައުތުރު އޮންލައިންގެ ފަރާތުން އަރިސްކޮށް، އިތުރު ކާމިޔާބީއަށް އެދެމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.