މާއުނގޫދޫ ސްކޫލްގެ ޕީ.ޓީ.އޭގެ އިސްނެގުމުގެ މަތިން، މާއުނގޫދޫ ކައުންސިލާއި ގުޅިގެން އަދި ރަށުގެ އެހެނިހެން މުޢައްސަސާތަކުގެ އެއްބާރުލުމާއެކު ކުޑަކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް 21 ސެޕްޓެމްބަރގައި ވަނީ ފެށިފައެވެ. 15 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދެވޭ ޕްރޮގްރާމްގެ މަޤްސަދަކީ ދަރިވަރުންގެ ކިބައިގައި ފެތުމުގެ ހުނަރު އަށަގެންނެވުމާއި، މިނިވަންކަމާއެކު އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ފަތަން އެނގޭ ކުދިބަޔަކަށް ހެދުމާއި، މޫދުގައި ކުދިން ހޭދަކުރާ ވަގުތާއި މާހައުލުގެ ރައްކާތެރިކަން އިތުރުކުރުމެވެ.

މި ޕްރޮގްރާމްގައި ޖުމްލަ 154 ކަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމްއަށް މާއުނގޫދޫ ސްކޫލްގެ ޕީ.ޓީ.އޭ، ކައުންސިލް އަދި އެކި މުޢައްސަސާތަކުން ލިބޭ އެހީތެރިކަމާއި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުން ޕްރޮގްރާމްގެ ފެސިލިޓޭޓަރ ނައުފަލް މޫސާ ފާހަގަކުރެއްވިއެވެ.
މިފަދަ ޕްރޮގްރާމްތައް ރަށުފެންވަރުގައި ހިންގުމަކީ، ކުދިންގެ މުޅި ދިރިއުޅުމަށް އޭގެ ދާއިމީ ފައިދާކުރާނެ މުހިއްމު އިންވެސްޓްމެންޓެކެވެ.

ކިޔުންތެރިންގެ ހިޔާލު