މިލައުތުރު

ބުރެޒިލްގެ ނަމުން މަޝްހޫރުވެފައިވާ އޭދަފުށި ބަލިކޮށް ލ. ގަން ސެމީ ފައިނަލަށް

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށި 5-6 ގެ ނަތީޖާ އަކުން ބަލިކޮށް އެންމެ ފަހުގެ ރަނަރަޕް ކަމުގައިވާ ލ. ގަން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ ސެމީ ފައިނަލުގައި ލ. ގަން ވިދިވިދިގެން ކުޅޭ 3 ވަނަ ފަހަރެވެ. މުބާރާތުގެ ސެމީ ފައިނަލުގައި 2023 ވަނަ އަހަރާއި، 2024 ވަނަ އަހަރު ވެސް އެ ޓީމުން ވަނީ ކުޅެފައެވެ. އަދި މުބާރާތުގެ ފައިނަލަށް ވެސް ދަތުރުކޮށްފައި ވެއެވެ.

ފޯރިގަދަ ކުއާޓާ ފައިނަލް މެޗުގެ ހަތްވަނަ މިނިޓްގައި އޭދަފުށިން ގޯލު ޖަހައި ލީޑު ނެގި އެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ. އަދި މެޗުގެ 14 ވަނަ މިނިޓްގައި އޭދަފުށިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާ ވެސް ކޮށްފަ އެވެ. އެއީ މުއާޒް އަލީ ވަރަށް ހަމަޖެހިލާފައި ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

ދެވަނަ ހާފުގައި ގަމުން ވަނީ އޭދަފުށި ހަމަ ރަނގަޅަށް ވެސް ސައިޒުކޮށްލާފައެވެ. މެޗުގެ 26 ވަނަ މިނިޓްގައި ގަމުގެ ހަސަން ފަވާޒް (ފައްވަ) ގޯލެއް ޖަހައި އޭގެ ކުޑައިރުކޮޅެއް ފަހުން އަނެއް ގޯލް ޖަހައި ނަތީޖާ ހަމަހަމަ ކޮށްލިއެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އަކީ 2-2 ކަމަށްވާތީ ސެމީ ފައިނަލަށް ދާ ޓީމެއް ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ. އަދި ފެނަލްޓީ ޖަހައިގެން މޮޅުވީ ލ. ގަމު ޓީމެވެ.

© 2023 milauthuru. All rights reserved.