އައިޝަތު ވަޙީދާ

ގުރޫޕް-ބީ ގެ ދެވަނަ މެޗުގައި ކޮމަންޑޫގެ މައްޗަށް ފުނަދޫ ކާމިޔާބު ހޯދައިފި

މިއަދު ހަވީރު ފެށި މިލައުތުރު ފުޓްސަލް މުބާރާތް 2023 ގައި ގުރޫޕް ބީ ގެ ދެވަނަ މެޗު ފުނަދޫ ޓީމުން ކާމިޔާބު ކުރީ 3 – 0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހައިދިނީ ފުނަދޫ ޓީމުގެ ޖާޒީ ނަންބަރ 4 އަބްދުﷲ ޒަމީނެވެ. މެޗުގައި ފުނަދޫ ޓީމުގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔައެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި ފަހު ކޮޅު ލައިޓް ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން މެޗު ގެ ކުޅުމަށް ކޮންމެވެސް ކަމެއްގެ ދައްޗަކާއި ކުރިމަތިލާން ޖެހުނެވެ. ފަހުން އެމައްސަލަ ޙައްލު ކުރުމަށްފަހު ވަނީ ކުޅުން ކުރިއަށް ގެންގޮސްފައެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ މެޗުގައި މޮޅު ކުޅުމެއް ދައްކައި ފުނަދޫ ޓީމަށް މި މެޗުގައި 2 ލަނޑު ކާމިޔާބު ކޮށް ދިން ޖާޒީ ނަންބަރ 4 އަބްދުﷲ ޒަމީނެވެ.

ފުނަދޫ ޓީމުގެ ދެވަނަ މެޗު އޮންނާނީ 21 ނޮވެމްބަރ 2023 ވަނަ ދުވަހު ހަވީރު 20:15 ގައެވެ. މި މެޗުގައި މިލަންދޫ ޓީމު ނުކުންނާނީ މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބު ކުރި މިލަންދޫ ޓީމާއި ދެކޮޅަށެވެ.

© 2023 milauthuru. All rights reserved.