ނިބްރާސް އިވާން

މިލައުތުރު ފުޓްސަލް ފިއެސްޓާ: ގްރޫޕް އޭ ގެ ދެވަނަ މެޗް ނޫމަރާ ކާމިޔާބު ކޮށްފި

މިއަދު ހަވީރެ ފެށިގެން ދިޔަ ށ.އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ގްރޫޕް އޭ ގެ ދެވަނަ މެޗުގައި ފޭދޫއާއި ބައްދަލުކޮށް ނޫމަރާ ކާމިޔާބު ހޯދައިފި. މި މެޗް ނޫމަރާ ޓީމުން ކާމިޔާބު ކޮށްފައިވަނި 3-0 ގެ ނަތީޖާ އަކުންނެވެ. މެޗްގެ ފުރަތަނަ ހާފުގައި ދެ ޓީމަށްވެސް ގޯލް ޖަހާނެ ފުރުސަތު ތަކެއް ލިބިގެން ދިޔަ ކަމުގައިވިޔަސް ދެ ޓީމުން ކުރެ ޓީމަކަށް ވަނީ ފުރަތަމަ ހާފުގައި ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

މެޗްގައި ޖަހާފައިވާ 3 ލަނޑުވެސް ނޫމަރާ ޓީމުން ފަހު ހާފުގައި ޖަހާފައި ވާއިރު ގޯލް ތަށް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 11 ފަހުމީ އަދި ޖާޒީ ނަންބަރު 5 މުއާޒެވެ. މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައި ނޫމަރާ ޓީމުން ކާމިޔާބު ކުރި 3 ލަނޑުގެ ތެރެއިން 2 ލަނޑު އެ ޓީމަށް ކަމިޔާބު ކޮށްދިން އެ ޓީމުގެ ނަންބަރު 5 މުއާޒް އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤު ޝަރަފުވެރި ކޮށްދެއްވައި މިއަދު ށ.އަތޮޅުގައި ފެށިގެން މިދިޔަ މިލައުތުރު ފުޓްސަލް ފިއެސްޓާ އަކީ މުޅި އަތޮޅަށް އައިސްފައިވާ ކުޅިވަރުގެ ޢީދެކެވެ. އަތޮޅުތެރޭގެ ހުރިހާ ރަށަކުން ޖުމްލަ14 ޓީމް ބައިވެރި ވެގެން ކުރިއަށް މިގެންދާ މުބާރާތަކީ ރަށްތަކުގެ މެދުގައި ކުޅިވަރުގެ ރޫޚް އާލާ ކޮށް އެކުވެރި ގުޅުމެއް އުފެއްދުމަށް ޓަކައި ށ. އަތޮޅު ކަަައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ،

© 2023 milauthuru. All rights reserved.